ފަހުމީ ސަފީރުކަމަށް އައްޔަންކުރުމަށް ފާސްކޮށްފި

މުޙައްމަދު ފަހުމީ ޙަސަން: މެލޭޝިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ފަހުމީ އައްޔަންކުރަން ފެންނަކަމަށް، މަޖިލީހުން ވަނީ ފާސްކޮށްފައި: ސަން ފައިލް ފޮޓޯ

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ޙަސަނަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

ފަހުމީ ސަފީރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 41 މެމްބަރަކު ވަނީ ވޯޓު ދެއްވާފައި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް 13 މެމްބަރަކު ވަނީ ވޯޓު ދެއްވާފައި އެވެ.

ލޭޝިއާގެ ސަފީރު ކަމަށް ފަހުމީ އައްޔަން ކުރެއްވުމަށް މަޖިލީހުގެ މަޝްވަރާ ހޯއްދަވަން ރައީސް ޔާމީން ހުށަހެޅުއްވީ، ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ފަޔާޒު (އެފްއޭ) މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ފަހުމީ މިހާރު ހުންނެވީ ރާއްޖެ އިން މެލޭޝިއާއަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ކަމުގެ މަގާމުގަ އެވެ.

ފަހުމީގެ ނަންފުޅު ދިރާސާ ކުރެއްވި ގައުމީ ސަލާމަތު ކޮމިޓީން ވެސް އޭނާ އަށް ރުހުން ދޭން ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް