ރެފްރީނަނަށް ފާޑު ކިޔުމަށް ސުޒޭން ތާއީދެއް ނުކުރޭ

މާޒިޔާގެ ކޯޗް ޢަލީ ސުޒޭން: އެނާ ބުނީ ރެފްރީންނަށް ފަޑު ކިޔުމި އެހަ ރަނގަޅު ކަމެއް ނޫންކަމަށް --- ސަން ފައިލް ފޮޓޯ

މެޗްތަކަށް ނިކުންނަން ތިބީ މަދު އަދެއްގެ ރެފުރީން ކަމަށާއި ރެފްރީންނަށް ފާޑު ކިޔުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނެފި އެވެ.

ބީޖީއާ މާޒިޔާ ބައްދަލު ކުރި މެޗަށް ފަހު މާޒިޔާގެ ބައެއް އޮފިޝަލުންގެ ފަރާތުން ރެފްރީންނަށް އަމާޒުވި ފަޑު ކިޔުންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސުޒޭން ބުނީ ރެފްރީންނަށް ކޮމެންޓް ކުރުމުގެ ކުރިން މާޒިޔާއިން ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ރެފްރީންގެ ފަރާތުން ގޯސްތަކެއް ހެދިފައި ހުރި ކަމުގައިވާ ނަމަ އެކަން ރަނގަޅު ކުރުމަށް އެފްއޭއެމް އިން މަސައްކަތް ކުރާނެ ކަމަށް އުންމިދު ކުރާ ކަމަށެވެ.

"ރެފްރީންނަށް ފާޑު ކިޔުމި ހަމަގައިމު ވެސް އެހާ ރަނގަޅު ކަމެއް ނޫން އެއީކީ. އެއަށް ބަލާއިރު ވަރަށް މަދު އަދަދެއްގެ ރެފްރީން އެތިބީ މެޗްތަކަށް ނިކުންނަން" ސުޒޭން ބުންޏެވެ.

އޭނާ ބުނީ މެޗްތަކުގެ ގޭމް ބަދަލުވާ މިސްޓޭކްތައް ހުރި ކަމުގައިވާ ނަމަ ބައެއް މީހުން ފަޑު ކިޔާ ކަމަށެވެ.

ސުޒޭން މިހެން ބުނި އިރު މިފަހަކަށް އައިސް ޕްރިމިއާ ލީގްގައި ވާދަކުރާ ބައެއް ޓީމްތަކުގެ ކޯޗުންގެ ފަރާތުން ރެފްރީންނަށް ދަނީ ފާޑު ކިޔަމުންނެވެ.

comment ކޮމެންޓް