ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނަން ކުރާ މަސައްކަތް ކާމިޔާބެއް ނުވޭ: ދުންޔާ

ފޮރިން މިނިސްޓަރު ދުންޔާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އެޖެންޑާގައި ރާއްޖެހިމަނައި ރާއްޖެއަށް ގެއްލުންދޭން ކޮމަންވެލްތުގައި ހިމެނޭ ބާރުގަދަ ގައުމުތަކުން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ދުންޔާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އެކަމަނާ މިއަދު ސީމެގްގެ މިނިސްޓަރުންނަށް މައުލޫމާތު އަރުވާފައިވާނެ ކަމަށެވެ. އެގޮތުން ކޮމަންވެލްތުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުނުވާ ކަމަށް ދުންޔާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ މައްސަލަތައް ހައްލު ކުރުމުގައި ދިވެހި ސަރުކާރުން ކުރިއެރުންތަކެއް ހޯދާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތްތަނުގައި ވެސް ކޮމަންވެލްތާއެކީ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނުމުމަށް ބައެއް ގައުމުތަކުން މަސައްކަތް ފެށީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި، ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމުންނެވެ.

comment ކޮމެންޓް