އިންތިޚާބަކާ ނުލައި ހަ ކައުންސިލެއްގެ ގޮނޑި ޕީޕީއެމަށް ލިބިއްޖެ

ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން ---- ސަން ފައިލް ފޮޓޯ

އިންތިޚާބަކާ ނުލައި ހަ ކައުންސިލެއްގެ ގޮނޑި ޕީޕީއެމްއަށް ލިބިއްޖެ އެވެ.

އެ ހަ ކައުންސިލްގެ ބައި އިލެކްޝަން މި މަހުގެ އެއްވަނަ ދުވަހު ބާއްވަން އިއުލާން ކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.

ކަނަޑައެޅިފައިވާ މުއްދަތު ހަމަވި އިރު އެ ހަ ކައުންސިލްގެ އިންތިޚާބަށް ވެސް ކުރިމަތިލައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ރަސްމީ ނަތީޖާ އިއުލާން ކުރި ކައުންސިލްތަކަކީ ހއ. މުރައިދޫ ކައުންސިލާއި ށ. ކަނޑިތީމް ކައުންސިލާއި ވ. ފެލިދޫ ކައުންސިލާއި ތ. މަޑިފުށީ ކައުންސިލްގެ އިތުރުން މ. އަތޮޅު ކައުންސިލެވެ.

މުރައިދޫ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އެ ރަށު ހިޔަލީގެ އަހްމަދު އާސިފެވެ.

ކަނޑިތީމް ކައުންސިލްގެ އިންތިޚާބު އެރަށު ހިނާގޭ އާދަމް އަލީ ކާމިޔާބު ކުރެއްވި އިރު މާފުށީ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެ ރަށު ވިޒިޓް މުހައްމަދު މުސްތަފާ އެވެ.

ފެލިދޫ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެ ރަށު ކެނެރީވިލާ އަހްމަދު ނަދީމެވެ. މަޑިފުށީ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެ ރަށު މޯނިންގް ލައިޓް އަބްދުﷲ އަފްސަލެވެ.

މ. އަތޮޅު ކައުންސިލް ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެ އަތޮޅު މަޑުއްވަރީ ކެތި ހަސަން އަމްޖަދެވެ.

comment ކޮމެންޓް