އިނގިރޭސީން ހަމަލާދީގެން އައިއެސް އަށް ކުރާނެ މާބޮޑު އަސަރެއްނެތް ކަމަށް ބުނެފި

އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ---

ލަންޑަން (ޖުލައި 4): ސީރިޔާގައިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް އިނގިރޭސިވިލާތުން ހަމަލާ ދިނުމާބެހޭގޮތުން އިނގިރޭސި ޕާލަމެންޓް، ހައުސް އޮފް ކޮމަންސްގައި މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައްކުރީ ތޫނިސްގެ ސޫސާގައިވާ ރެސޯޓަކަށް އައިއެސްއިން ހަމަލާދީ މަރާލި ޓޫރިސްޓުންގެ ތެރޭގައި ގިނަ އަދަދެއްގެ އިނގިރޭސީ ރައްޔިތުން ހިމެނުމާގުޅިގެންނެވެ.

އައިއެސްގެ އަމާޒުތަކަށް އިނގިރޭސިވިލާތުން ހަމަލާ ދިނުމާބެހޭގޮތުން ހައުސް އޮފް ކޮމަންސްގައި އިއްޔެ ކުރި މަޝްވަރާތަކުގައި ގިނަ މެންބަރުންވަނީ އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް އިނގިރޭސިވިލާތްފަދަ ގައުމަކުން އައިއެސްއަށް ހަމަލާދިންނަމަވެސް އެޖަމާއަތަށް ލިބޭނެ މާބޮޑުގެއްލުމެއްނޯންނާނެ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

އިނގިރޭސިވިލާތަކީ އެމެރިކާފަދަ ދުނިޔޭގައިވާ އެންމެ ޒަމާނީ ފައިޓަރޖެޓް ހުރި ގައުމެއްނޫނެވެ. އިނގިރޭސިވައިގެ ސިފައިން ގެންގުޅެނީ އެގައުމުގައި އުފައްދާފައިވާ އާދައިގެ އަސްކަރީ ފައިޓެޖްތަކެވެ. އިނގިރޭސީންނަކީ އައިއެސްއާ ދެކޮޅަށް އެމެރިކާ ރުކުރުވާލި ކޯލިޝަންގައި ހިމެނޭގައުމެއްވެސް މެއެވެ. މިކޯލިޝަންގެ ތެރެއިން އެމެރިކާ ދެމުން ގެންދާ ހަމަލާތަކުން ނުކުރި އަސަރެއް އިނގިރޭސި ސިފައިންގެ ހަަމަލާތަކުން އައިއެސްއަށް ނުކުރާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.

އައިއެސްއަކީ އެމެރިކާއާއި އިނގިރޭސީން އދ. އަށް ގޮންޖަހައި އިރާގަށް އަރައިގަނެ ހިންގި އަނިޔާވެރި އަމަލުތަކުގެ ނަތީޖާކަމަށާއި އައިއެސްއިން ހިންގާ ޖަރީމާތަކުގެ ޒިންމާ އުފުލަން އެންމެ ފުރަތަމަޖެހޭނެ ގައުމަކީ އިނގިރޭސިވިލާތް ކަމަށް އިނގިރޭސި ނޫސްތަކުންވެސް ބުނެފައިވެއެވެ.

އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންވަނީ އައިއެސް އިން އިނގިރޭސިވިލާތަށް ވަރުގަދަ ހަމަލާތަކެއް ދީފާނެކަމުގެބިރު އެބައޮތްކަމަށް ވިދާޅުވެ އެކަމާބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު