ޗައިނާ އަށް ބާރުގަދަ ބިންހެލުމެއް އައިސް ހަ މީހަކު މަރުވެއްޖެ

ޗައިނާގެ ހުޅަނގުން ޝިންޖިން ސަރަހައްދަށް 6.5 މެގްނެޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އައިސް ހަ މީހަކު މަރުވެ އެތައްހާސް އިމާރާތަކަށް ގެއްލުން ވެއްޖެ އެވެ.

ޗައިނާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އޭޕީ އިން މިއަދު ބުނީ ޝިންޖިން ސަރަހައްދަށް އެ ބިން ހެލުން މިއަދު އައީ ޗައިނާ ގަޑިން ހެނދުނު 9 ޖެހި އިރު ކަމަށާއި ބިންހެލުން އައިސްފައި ވަނީ 10 ކިލޯ މީޓަރު އަޑިން ކަމަށެވެ.

"އިމާރާތްތައް ވަރަށް ވަރުގަދަ އަށް ތެޅެން ފެށުމުން މީހުން މަގުމައްޗަށް ނުކުތީ." ޗައިނާ މީހަކު ބުންޏެވެ.

ޝިންޖިންގެ ބިއުރޯ އޮފް ސިވިލް އެފެއާޒުން ބުނީ އެ ބިންހެލުމުގައި 3،000 އަށް ވުރެ ގިނަ އިމާރާތް ވެއްޓި ނޫނީ ހަލާކުވެފައިވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު