މީޑިއާނެޓް ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދުބާއި އަދި ކޮލޮމްބޯ ޓިކެޓް ހަވާލުކޮށްފި

މީޑިއާނެޓް ޕްރޮމޯޝަންގައި ކޮލަމްބޯ ދެކޮޅު ޓިކެޓް ލިބުނު ހުސައިން ދާއޫދަށް އިނާ މޯލްޑިވްސްގެ ޗެއާމަން ފިރާގު ޓިކެޓް ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިދިޔަ މޭ 10 އިން ޖޫން 11 އަށް މީޑިއާނެޓުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތަކުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

ސޯލްޓްކެފޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މިޑިއާނެޓުން އެޗްޑީ ޑީކޯޑަރެއް ގަތުމުން ބައިވެރިވެވޭ ގުރުއަތުލުމުގެ ނަސީބުވެރިއަކަށްދޭ ދުބާއީ ދެކޮޅު ޓިކެޓް ހަވާލުކޮށްފައެވެ. ދުބާއީ ދެކޮޅު ޓިކެޓް ލިބުނީ ހުސައިން މިސްބާހަށެވެ.

މީޑިއާނެޓަށް ޒިޔާރަތްކޮށް ޚިދުމަތްހޯދި މީހުންގެ މެދުގައި ނެގި ގުރުއަތުން ކޮލަމްބޯ ދެކޮޅު ޓިކެޓް ލިބުނީ ހުސައިން ދާއޫދުއަށެވެ. މި މީހުންނަށް ވެސް އެކުގައި ދާ އިތުރު މީހަކަށް އިތުރު ޓިކެޓެއް ލިބޭނެ ކަަމަށް މިޑީއާނެޓުން ބުނެއެވެ.

މީޑިއާނެޓް ޕްރޮމޯޝަންގައި ކޮލަމްބޯ ދެކޮޅު ޓިކެޓް ލިބުނު ހުސައިން ދާއޫދަށް މޯލްޑިވްސްގެ ޗެއާމަން ފިރާގު ޓިކެޓް ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ އިނާމްތައް ހަވާލުކޮށްދެއްވީ އިނާ މޯލްޑިވްސްގެ ޗެއާމަން އަހްމަދު ފިރާގެވެ. ދުބާއީ އަދި ކޮލަމްބޯ ޓިކެޓް ހުށަހަޅާފައި ވަނީ އިނާ މޯލްޑިވްސް އިން ނެވެ.

"މި ޕްރޮމީޝަންތަކަށް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ތަރުހީބު ލިބުނު،" މީޑިއާ ނެޓުގެ ޕަބްލިކް ރިލޭޝަންސް އެސިސްޓަންޓް މެނޭޖަރު ސިމާނާ އިސްމާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން އަލަށް ކައިވެނިކުރާ ދެމަފިރިން މީޑިއާނެޓްގެ ޑީކޯޑަރެއް ގަތުމުން ތިން މަސްވަންދެން ބޭނުން ކޮންމެ ޕެކޭޖެއް ހިލޭ ލިބޭ ޕްރްމޯޝަންގެ ދަށުން 25 މީހަކަށް މީޑިއާ ނެޓްގެ ޚިދުމަތް ހިލޭ ދީފައިވާ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.

މީޑިއާ ނެޓުގެ ޕަބްލިކް ރިލޭޝަންސް އެސިސްޓަންޓް މެނޭޖަރު ސިމާނާ އިސްމާއީލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

މީޑިއާ ނެޓްގެ ޕެކޭޖް އަޕްގްރޭޑް ކުރި މީހުންގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް ގުރުއަތުން ހޮވުނު މީހަކަށް 42 އިންޗީގެ އެޗްޑީ ޓީވީ އެއް ދީފައިވާ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.

މީޑިއާނެޓުން ދަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޭބަލްޓީވީގެ ޚިދުމަތް ދެމުންނެވެ.

comment ކޮމެންޓް