ސަން ބަދިގެ: މިކްސްޑް ފްރައިޑް ނޫޑްލްސް

ބޭނުންވާތަކެތި

  • 2 ޕެކެޓް ނޫޑްލްސް (ކައްކާފައި)
  • 1 ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)
  • 1 ސައި ސަމުސާ ލޮނުމެދު – އަދި އިނގުރު (ޗިސްކޮށްފައި)
  • 2 ބިސް
  • 1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 1/2 ޖޯޑު ކެބެޖް (ހިމުންކޮށް ކޮށާފައި ހުރި)
  • 1/2 ޖޯޑު ކެރެޓް (ގާނާފައި ހުރި)
  • 1/2 ޖޯޑު ގްރީން ބީންސް (ހިމުންކޮށް ކޮށާފައި ހުރި)
  • 1 ޖޯޑު ފަސްމީރު މަސް (އަތުން ފުނޑުކޮށްފައި ހުރި)
  • 1 ސައި ސަމުސާ ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި ހުރި)
  • 1/2 ސައި ސަމުސާ އަޖިނަމޮޓޯ
  • 1/2 ޖޯޑު (ހިމުން ކޮށްކޮށާފައި ހުރި ކުކުޅު މަސް)
  • 1/2 ޖޯޑު ހިމުންކޮށް ކޮށާ ފެނުކައްކާފައި ހުރި ގެރިމަސް
  • 1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
  • ލޮނުކޮޅެއް
  • ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލުމަށްފަހު ތެޔޮފޮދު ހޫނުވީމާ ފިޔާ، މިރުސް، ކެބެޖު، ކެރެޓް، އެއްކޮށް އަޅާފައި މޯޅިވީމާ މަސްކޮޅު އަޅާރޯފިލުމުން ނޫޑްލްސް ފިޔަވައި ބާކީ ތަކެތި އަޅާފައި ރަހަ ނިކުންނަ ވަރުވީމާ ނޫޑްލްސް އަޅާ އެއްކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.

comment ކޮމެންޓް