އުރީދޫ ޕްރިމިއާލީގު ފޮޓޯ އިންސްޓަގުރާމްކޮށްގެން ގައުމީ ޓީމު ބޭރުގައި ކުޅޭ މެޗެއް ބަލާލުމުގެ ފުރުސަތު

ޕްރިމިއާ ލީގަ ގުޅޭ ގޮތުން މިހަފުތާގައި އިންސްޓަގްރާމް ކުރަންވީ ފޮޓޯތަކުގެ މައުލޫއެއް ގޮތުގައި އެފްއޭއެމްއިން ކަނޑައޅަފައިވަނީ ކެޕްޓަނުންގެ ހަރަކާތްތައް --- ފޮޓޯ/ އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގް ގުޅުވައިގެން އެފްއޭއެމުން ކޮންމެ ހަފުތާއަކު ކަނޑައަޅާ މައުޟޫއަކަށް ފޮޓޯ އިންސްޓަގުރާމްކޮށްގެން ގައުމީ ޓީމް ރާއްޖެއިން ބޭރުގައި ކުޅޭ މެޗް ބަލާލަން ދިއުމުގެ ފުރުސަތު އެފްއޭއެމުން ހުޅުވާލައިފި އެވެ.

އެފްއޭއެމުން ނިންމާފައި ވަނީ ކޮންމެ ހަފުތާއަކު ވެސް ވަކި މައުޟޫއެއް ކަނޑައަޅައި ކޮންމެ ހަތަރު ހަފުތާއަކުން އެއް ވަނައަށް ދާ ފަރަތެއް ހޮވައި އެ ފަރާޓަކަށް ފުރުސަތު ދިނުމަށެވެ.

އެފްއޭއެމުން ބުނީ ފޮޓޯ އިންސްޓަގުރާމް ކުރާއިރު ހޭޝް ޓޭގެއްގެ ގޮތުގައި އުރީދޫ ޑީޕީއެލް OREDOODPL# އަދި ލީގުގައި ކުޅޭ ހަފުތާ އާއި ހަފުތާއަކު ވެސް ކުޅޭ ޓީމުތަކުގެ ހޭޝްޓޭގު ހިމެނުމެވެ.

ކޮންމެ ހަފުތައެއްގެ މައުޟޫވެސް އެއިދާރާގެ ފޭސްބުކް ޕޭޖް އެފްއޭއެމް އަށް އަޕްލޯޑް ކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

މި ހަފުތަގެ މައުޟޫއެއްގެ ގޮތުގައި އެފްއޭއްމެއިން ކަނޑައަޅާފައި ވަނީ ޓީމްތަކުގެ ކެޕްޓަނުންގެ ހަރަކާތްތައް ފޮޓޯ ނަގާފައި އިންސްޓަގުރާމް ކުރުމަށެވެ.

comment ކޮމެންޓް