ދެކުނު އޭޝިއާގެ ޗެމްޕިއަންޝީޕްގައި ވާދަކުރުމަށް ގައުމީ ބާސްކެޓް ޓީމް ބެންގަލޫރަށް

ބާސްކެޓް ބޯލް އެސޯސިޢޭޝަން އެމްބީއޭއިން ބޭއްވި ބާސްކެޓް މުބާރާޓެއްގެ ތރެއިން: ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ވަދަކުރާ ގައުމީ ބާސްކެޓް ޓިމް އިންޑިއާގެ ބެންގަލޫރުގައި  --- ސަން ފައިލް ފޮޓޯ

ދެކުނު އޭޝިއާގެ ބާސްކެޓް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ބާސްކެޓް ޓީމް އިންޑިއާގެ ބެންގަލޫރަށް ހިނގައްޖެ އެވެ.

ބާސްކެޓް ބޯލް އެސޯސިއޭޝަންގެ އިސް އޮފިޝަލެއް "ސަން"އަށް ވިދާޅުވީ ޓީމް އިންޑިއާ ފުރީ އިއްޔެ ރޭގެ ވަގުތެއްގައި ކަމަށާއި ޓީމް ކުޅެންޖެހޭ މެޗްތައް އެނގެނީ ބެންގަލޫރުގައި ބާއްވާ ބައްދަލުވުމަށްފަހުގައި ކަމަށެވެ.

ބާސްކެޓް ޓީމްގައި ހިމެނިގެން 14 ކުޅުންތެރިން ވަނީ ޓީމާއެކު ގޮސްފަ އެވެ. ޓީމްގެ ކޯޗުން ސްޓާފުންގެ ގޮތުގައި ދިޔައީ ކުރީގެ ބާސްކެޓް ކުޅުންތެރިޔާ އިބްރާހިމް ނާހިދު އާއި މުޙައްމަދު ހާޝިމް (ޑޭވިޑް ކޯޗް) އެވެ.

ބާސްކެތް ބޯލް އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވީ އެ މުބާރާތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތާއްޔާރުވުމަށް ވެސް ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.

މި މަހު 3 ން 5 ށް ބެންގަލޫގެ ކަންޓީރަވާ ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖޭގެ އިތުން މުބާރާތްބާއްވާ ގައުމު އިންޑިއާ އާއި ބަނގުލަދޭޝް އާއި ބޫޓާނާއި ނޭޕާލް އަދި ސްރީލަންކާއެވެ.

comment ކޮމެންޓް