ޝީޝާ އިން ރޯދަ މަހު ނަގާ ސައިކަލްތަކަށް 9000ރ. އާ ހަމައަށް ޑިސްކައުންޓެއް ދެނީ

ޝީޝާ ޝޯރޫމެއް--

މިރޯދަ މަހު ޝީޝާއިން ކުރިއަށްގެންދާ ސައިކަލް ޕުރޮމޯޝަންގައި އަލަށް ނަގާ ސައިކަލްތަކުން 9000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ދޭން ފަށައިފި އެވެ.

ޝީޝާގެ ސޭލްސް އެންޑް މާކެޓިން އެގްޒެކްކެޓިވް ފާތިމަތު ޖުމާން މިއަދު ސަން އަށް ވިދާޅުވީ ރޯދަ މަސް ނިމެންދެން ކުރިއަށްގެންދާ އެ ޕުރޮމޯޝަންގައި އެއްކޮށް ފައިސާ ދައްކައި ނަގާ ސައިކަލްތަކަށް 5000 ރުފިޔާއާ 9000 ރުފިޔާއާއި ދެމެދުގެ ޑިސްކައުންޓެއް ދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މީގެން ދުވަހަކު އަގު ކުޑަ ނުކުރާވަރަށް އަގު ހެޔޮކޮށްފައި މިއޮތީ، ހުރިހާ ސައިކަލްތަކަކުން ވެސް އަދި އިތުރަށް އިންސްޓޯލްމަންޓަށް ވެސް ވަރަށް ލުއި." ޖުމާން ވިދާޅުވި އެވެ.

މިޕުރޮމޯޝަންގައި އިންސްޓޯލްމަންޓަށް ނަގާ ސައިކަލްތަކުގެ ތެރެއިން ފުރަތަމަ ދައްކަން ޖެހޭ ޕޭމަންޓްވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އެގޮތުން ކުރިން ފުރަތަމަ ޕޭމަންޓަށް 10000 ރުފިޔާ ދައްކަން ޖެހޭ ސައިކަލްތައް މިހާރު ދައްކަންޖެހެނީ 5000 ރުފިޔާ އެވެ. އަދި ބައެއް ސައިކަލްތައް 2900 ރުފިޔާ ދެއްކުމަށް ފަހު ވެސް ނެގެ އެވެ.

ޝީޝާ އަކީ ރާއްޖޭގެ ހޮންޑާ ސައިކަލްގެ އޮތޮރައިޒްޑް ސޯލް ޑިސްޓިބިއުޓާ އެވެ. އެކުންފުނިން ހޮންޑާ ސައިކަލްތަކަށް އޮފިޝަލް ވޮރެންޓީ އާއި ސާސިސް ދެ އެވެ.

comment ކޮމެންޓް