އެސްއެމްއެސްގެ "ބައްޕަ" މަރުވެއްޖެ

މެކޯނެން

ޓެކްސްޓް މެސެޖު "އެސްއެމްއެސްގެ ބައްޕަ"ގެ ލަގަބު ލިބިފައިވާ އެންޖިނިއަރު ކަމަށްވާ މެޓީ މެކޯނެން އުމުރުން 63 އަހަރުގައި މަރުވެއްޖެ އެވެ.

ބީބީސީ އިން ބުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު މެކޯނެން މަރުވެފައިވާ އިރު އޭނާ މަރުވީ ބައްޔެއްގެ ސަބަބުން ކަމަށެވެ.

މެކޯނެން އަކީ ފުރަތަމަ ފަހަރަށް މޯބައިލް ނެޓްވޯކް ބޭނުން ކޮށްގެން ފޯނުތަކަށް އެސްއެމްއެސް ފޮނުވުމުގެ ޓެކްނޮލޮޖީ އުފެއްދުމުގެ ހިޔާލާއެކު އައި ފަރާތެވެ. ބީބީސީ އަށް މީގެ ތިން އަހަރު ކުރިން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އޭނާ ބުނީ އެސްއެމްއެސް ނުވަތަ ޓެކްސްޓިން އަކީ އެ ކޮންމެވެސް ސިފައެއްގައި އަބަދުވެސް އޮންނާނެ ހިދުމަތެއް ކަމަށެވެ.

އެސްއެމްއެސް ތައާރަފު ކުރުމުގައި މެކޯނިން އެހީތެރިވި ނަމަވެސް އެކަންތައް މަޝްހޫރު ކަމަކަށް ހަދައި އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައި ވަނީ މަޝްހޫރު ފޯނު ކުންފުނި ކަމަށްވާ "ނޮކިއާ"ގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

ފޯނުން ޓެކްސްޓު ކުރުމުގެ ހިދުމަތް، ނޮކިއާ އިން އެންމެ ފުރަތަމަ ތައާރަފު ކޮށްފައި ވަނީ 1994ގައި އެ ކުންފުނިން ނެރުނު ފޯނަކާ އެކު އެވެ.

comment ކޮމެންޓް