ޑެންގީއަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ސަން އިން ފަށައިފި

ސަން މީޑީއާގެ ސަން އޮންލައިން، ސަން ޓީވީ އަދި ސަން އެފްއެމުން ޑެންގީއާ ބެހޭ ހާއްސަ މައުލޫމާތުތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭން ވަނީ ހަމަޖެހިފައި --

ޑެންގީއަށް ހޭލުންތެރި ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ސަން މީޑިއާ އިން ފަށައިފި އެވެ.

ސަން މީޑިއާ އިން މިފަދަ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ފަށާފައި މިވަނީ ޑެންގީގެ ނުރައްކާތެރިކަން ރާއްޖޭގައި ބޮޑުވެފައިވާތީ ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުމުގެ މަގުސަދުގައެވެ.

ސަން މީޑިއާ އިން ފޯރުކޮށްދޭނެ މައުލޫމާތުތަކުގެ ތެރޭގައި ޑެންގީ ފެތުރެން މެދުވެރިވާ ސަބަބުތަކާއި ޑެންގީ ކޮންޓްރޯލް ކުރުމާ ގުޅޭ މައުލޫމާތު ހިމެނެއެވެ.

މި މައުލޫމާތުތައް ސަން އޮންލައިން، ސަން ޓީވީ އަދި ސަން އެފްއެމް އިން ގެނެސްދެމުންދާނެ އެވެ.

މީގެއިތުރުން ޑެންގީއަށް ހޭލުންތެރި ކުރުމުގެ ގޮތުން ސަން އޮންލައިންގެ ހޯމް ޕޭޖުގައި މިރެއިން ފެށިގެން ޚާއްސަ ދެ ސްލޮޓް ހިމަނަން ވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް