ދެ ވަނަ ބުރުގައިވެސް ސިފައިންގެ ކުލަބު އަތުން ސަން ޓީމް ބަލިވެއްޖެ

މިހާރުކުރިއަށްދާ މައިލޯ ވިމެންސް ޗެމްޕިއަންޝިޕްގައި ނިއުރޭޑިއަންޓާ ދެކޮޅަށް ސަންޓީމު ކުޅުނު މެޗެއްގެ ތެރެއިން. މިއަދު ދިވެހި ސިފައިންގެ ކްލަބާ ބައްދަލުކޮށް ސަން ޓީމު ވަނީ 5-2ގެ ނަތީޖާއަކުން ބަލިވެފައި -- ސަން ފައިލް ފޮޓޯ

މައިލޯ ވިމެންސް ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގެ ފުރަތަމަ މެޗްގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަތުން 5-2 ން ނަތީޖާއަކުން ސަން ޓީމް ބަލިވެއްޖެ އެވެ.

މިމެޗްގައި ޑީއެސްސީގެ ސަބީނާ ކާތުން ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފައެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖެހީވެސް ޑީއެސްސީއިންނެވެ. މެޗް ފެށިގެން އަށް ވަނަ މިނެޓްގައި ޑީއެސްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މަރިޔަމް ރިފާއެވެ.

ފުރަތަމަ ހާފުގެ 15 ވަނަ މިނެޓްގައި ސަން ޓީމްގެ ޢާމިނަތު ޒާހިޔާ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްތެރޭގައި ސަބީނާ ވަނީ އަލުން ޑީއެސްސީއަށް ލީޑު ނަގަައިދީފައެވެ.

މެޗްގެ 57 ވަނަ މިނެޓްގައި ސަބީނާ ކާތުން ވަނީ ޑީއެސްސީގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ.

މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސަބީނާ ވަނީ ޑީއެސްސީގެ ފަސް ވަނަ ލަނޑު އަދި އޭނާ މި މެޗުގައި ކާމިޔާބު ކުރި ތިން ވަނަ ލަނޑު ޖަހައިދީފައެވެ.

ސަން ޓީމްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗްގެ އެންމެ ފަހު މިނެޓްގައެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި މިދެޓީމް ކުޅުނު މެޗުން ޑިއެސްސީ މޮޅުވީ 2-1 ގެ ނަތީޖައަކުންނެވެ.

މިމުބާރާތުގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ސްޓާއާއި ނިއުރޭޑިއަންޓެވެ.

comment ކޮމެންޓް