މެސީ ރާއްޖެ ގެނައުމަށް މިދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު އަދީބު

ލިއޮނަލަ މެސީ އޭނާ ރާއްޖެ ގައުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓާ އަޙްމަދު އަދީބު ވިދާލުވި --- ފޮޓޯ/ ގެޓީ އިމޭޖަސް

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބާސެލޯނާއަށް ކުޅެމުންދާ އާޖެންޓީނާގެ ގައުމީ ޓީމްގެ ކެޕްޓަން ލިއޮނަލް މެސީ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އުރީދޫއާއި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަންއާއި ގުޅިގެނަ ބޭއްވި ފުޓްބޯލް ފެސްޓިވަލް ނިންމުމުގެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ، މިއަހަރު ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާދިމާކޮށް އުރީދޫއާ ގުޅިގެން މެސީ ރާއްޖެ ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

"ރައީސް ޢަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އަޅުގަނޑު އުރީދޫއާއެކީ ވަރަށް އެބަ މަސައްކަތް ކުރަން ހުރިހާ ކުދިންނަށް ސަޕްރައިޒެއް ދިނުމަށް. މަސައްކަތް ކުރަމުން މިދަނީ މިއަހަރު އިރާދަ ކުރެއްވިއްޔާ މެސީ ތިޔަ ކުދިން ކައިރިއަށް ގެނައުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، ޔޫތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އެމަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށާއި މެސީއަކީ ރާއްޖޭގެ ވަރަށް ގިނަ ޒުވާނުން ސަޕޯޓް ކުރާ ކުޅުންތެރިޔަކަށް ވުމުން އުރީދޫއިން އެކަން ކޮށްދެއްވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

މެސީއަކީ އުރީދޫގެ އެޑްވަޓައިޒް ޕާޓްނަރެކެވެ. މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަތަރު އަހަރެއްގެ މަތިން ހޯދައިފައެވެ.

comment ކޮމެންޓް