މިނިވަން 50 ސްކޫލްކުދިންގެ ޕެރޭޑް ބާއްވައިފި

މާލޭގައި މިއަދު ބޭއްވި މިނިވަން 50 ޕެރޭޑުގެ ތެރެއިން ---- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުމުގެ ގޮތުން ސްކޫލު ކުދިންގެ ޕެރޭޑެއް ބާއްވައިފިއެވެ.

މިނިވަން 50 އާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ އެންމެ ބޮޑު އެއް އިވެންޓުގެ ގޮތުގައި ހިމެނޭ އެ ޕެރޭޑުގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މާލޭގައި މިއަދު ބޭއްވި މިނިވަން 50 ޕެރޭޑުގެ ތެރެއިން ---- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

މާލޭގެ އިތުރުން އަތޮޅުތަކުގެ ހުރިހާ ރަށެއްގައިވެސް އެ ޕެރޭޑު ކުރިއަށް ގެންދާނެ ކަމަށް މިނިވަން 50 އޮފީހުން ވަނީ ބުނެފައެވެ.

އެ ޕެރޭޑުގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާފައިވެއެވެ. އެގޮތުން މާފަންނު ސްޓޭޑިއަމުން ފަށި ޕެރޭޑުގައި ބޮޑުތަކުރުފާނު މަގާއި މަޖީދީމަގުގައި ވެސް ހިނގާލާފައި ވެއެވެ.

މިނިވަން 50 ޕެރޭޑު ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވޭ: ހއ. މުރައިދޫ--- ސަން ފޮޓޯ: އިބްރާހިމް ވަހީދު

ގިނަ މަގުތަކެއްގައި ހިނގާލުމަށްފަހު ޕެރޭޑު ނިންމާލާފައި ވަނީ ވެސ މާފަންނު ސްޓޭޑިއަމުންނެވެ.

އެ ޕެރޭޑުގައި ގާތްގަނޑަކަށް 25،000 ވަރަކަށް ދަރިވަރުން ބައިވެރިވެފައިވާއިރު ގިނައަދަދެއްގެ ބެލެނިވެރިން ވެސް ދަރިވަރުންނާއެކު ޕެރޭޑުގައު ބައިވެރިވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް