ޕާކިސްތާނުގެ "ޖާސޫސީ ކޮތަރެއް" އިންޑިއާ އިން ހައްޔަރުކޮށްފި

ކޮތަރެއް. ކޮތަރަކީ މުއާސަލާތު ކުރުމަށް އިންސާނުން ބޭނުންކުރާ ދޫންޏެއްކަން ތާރީހުން އެނގޭ. ފޮޓޯ: ދަ ގާޑިއަން

ޕާކިސްތާނުގެ ޖާސޫސީ އިދާރާ އަށް މަސައްކަތްކޮށްދިން ކަމަށް ތުހުމަތުކޮށް އިންޑިއާ އިން ކޮތަރެއް ހިފައި ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުނީ އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އިންޑިއާގެ އަވަށަކަށް އައި ކޮތަރު ހައްޔަރު ކުރީ ފޯނު ނަމްބަރުތަކެއް ލިޔެފައިވާ ފޯނު ނަމްބަރުތަކެއް އޭގައި އެލުވާފައި ހުރުމުން ކަމަށެވެ. އަދި އެކޮތަރު އިންޑިއާ ފުލުހުންނާ ހަވާލުކުރީ އާއްމުންގެ މީހަކު ކަމަށް ވެސް ބުންޏެވެ.

ސަރަހައްދެއްގެ ނަމާއި ފޯނު ނަމްބަރުތަކެއް ކަރުދާސްކޮޅެއްގައި ލިޔެ ކޮތަރުގެ ގައިގައި އެލުވާފައި ވާތީ އޭގެ ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮށްފައި ވޭތޯ ބެލުމަށް އިންޑިއާ ފުލުހުން ވަނީ އެކްސްރޭ ނަގައިގެން ބަލާފަ އެވެ.

ކޮތަރުގެ ގައިގައި އެލުވާފައި އޮތް ކަރުދާސްގަނޑުގައި ލިޔެފައި ވަނީ ޕާކިސްތާނުގެ ނެރޯވަލް ޑިސްޓްރިކްޓްގެ ލޭންޑް ލައިން ފޯނެއްގެ ނަމްބަރު ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

ޕާކިސްތާނުން އައި ކޮތަރުގެ މައްސަލަ އެހާ ނާޒުކު މައްސަލަ އަކަށްވީ އެސޮރު ފެނު އަވަށަކީ ޖައްމޫ ކަޝްމީރާއި ކައިރި ސަރަހައްދަކަށް ވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު