އިއްޔެއަކީ ފުޓުބޯޅައިގެ މުސްތަގުބަލް ބަނަވި ދުވަސް: ފީގޯ

ލުއިސް ފީގޯ: އޭނާ ވިދާލުވީ ބްލެޓަ އިންތިކާބުގައި ހޮވުމުން ފުތްބޯޅައިގެ މުސްތަގުބަލް އަނދިރިވެފައިވާ ކަމަށް --- ފޮޓޯ/ ރޮއިޓާސް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖޯސެފް ބްލެޓާ ފަސް ވަނަ ދައުރަކަށް އިއްޔެ އިންތިޚާބުވިއިރު އިއްޔެއަކީ ފުޓުބޯޅައިގެ މުސްތަގުބަލަށް ބަނަކަން ގެނައި ދުވަހެއް ކަމަށް ފީފަގެ އިންތިޚާބުގައި ވާދަ ކުރައްވައި ފަހުން ނަން އަނބުރާ ގެންދަވި ޕޯޗްގަލްގެ ލުއިސް ފީގޯ ވިދާޅުވެއްޖެ އެވެ.

ފީގޯ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ އިއްޔެއަކީ ފީފާ އާއި ފުޓްބޯޅައިގެ މުސްތަގުބަލް ބަނަވި ދުވެހެއް ކަމަށެވެ. ހަމައެހެންމެ އިއްޔެ އަކީ ފުޓްބޯޅައާ މެދު ހަގީގީ ނަޒަރަކުން ވިސްނާ މީހުންގެ ވެސް އުންމީދު ގެއްލުނު ދުވަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދަކީ [އިއްޔެއަކީ] އަނެއްކާވެސް ޒިޔުރިކަށް ބަނަކަން ގެނައި ދުވަހެއް. ފީފާ އާއި މެދު އޮތް އުންމީދު ވަނީ ގެއްލިފައި. ފުޓްބޯޅައާ މެދު ކުރެވޭ އުންމީދު ވަނީ ގެއްލިފައި. އަދި ފުޓްބޯޅައާ މެދު ތެދުވެރި ނަޒަރަކުން ވިސްނާ މީހުންނަށް ވެސް ވަނީ ނާކާމިޔާބު ލިބިފައި،" ފީގޯ ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ބްލެޓާ ފަސް ވަނަ ދައުރަކަށް އިންތިހާބު ވުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ފީގޯ ވިދާޅުވެފައި ވަނީ ފީފާގެ ވެރިޔަކަށް ހުންނަވާ ބޭފުޅަކު ހާމަކަން ބޮޑު އުސޫލުތަކާއި ގަވައިދުތަކާއި ޑިމޮކްރަސީގެ ހަމަތައް ދޫކޮށްލާފައި ފީފާ ހިންގުމަކީ ގަބޫލު ކުރެވޭނެ ކަމައް ނޫންކަމަށެވެ.

ޓުވީޓަށްފަހު ފީގޯ ނެރުއްވި ބަޔާނެއްގައި ވަނީ ބްލެޓާގެ އިޚްލާސްތެރި ކާމާމެދު ސުވާލު އުފައްދަވާފައެވެ.

ފިގޯ ވިދާޅުވީ ފީފާގެ ވެރިންތަކެއްގެ ކޮރަޕްޝަން މައްސަލަ ފެން މަތިވުމުން އެމީހުން ކޮންޓްރޯލް ކުރުމަކީ ބްލެޓާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އަމިއަލަފުޅަށް ބްލެޓާ ވިދާޅުވުވުމުން ބްލެޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލުއުފެދޭ ކަމަށެވެ.

"ފުޓްބޯޅާ މިވަނީ ކުއްލި ހާލަތުގައި. ފުޓްބޯޅަ މިވަނީ ވީރާނާވެފައި،" ފީފާގެ އިންތިޚާބަށް ފަހު ނެރުއްވި ބަޔާނުގައި ހާލަތު ސިފަކޮށް ދެއްވަމުން ފީގޯ ވިދާޅުވެފައި ވެއެވެ.

ފީގޯ ވިދާޅުވީ ބްލެޓާގެ ކަންކަމަށް ފަހު ފީފާ އަލުން ނަގައި ކޮޅަށް ޖެހުމުގައި އޭނާ ވެސް ހިއްސާ ވާނެ ކަމަށާއި އެކަމުގައި ދެމިހުންނާނެކަމަށެވެ.

ބްލެޓާ: ފީފާގެ ރައީސް ކަމަށް ފަސް ވަނަ ދައުރަކަށް ވަނީ އިންތިހާބުވެވަޑައިގެންފައި-- ފޮޓޯ: އޭޕީ

ފީފާގެ ތެރެއިން ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ވަބާ ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވިކަމަށް ތުހުމަތު ކުރެވިފައިވާ ބްލެޓާ ފީފަގެ ރައީސް ކަމަށް ހޮވިފައިވަނީ އިންތިޚާބު ދެވަނަ ބުރަކަށް ގޮސް ދެވަނަ ބުރުގައި ބްލެޓާ އާއި ވާދަ ކުރެއްވި އަނެއް ކެނޑިޑޭޓު ކަމުގައިވާ ޕޯޗްގަލްގެ ޕްރިންސް ޢަލީ ބިން އަލް ޙުސައިން ނަން އަނބުރާ ގެންދެވުމުންނެވެ.

ފުރަތަމަ ބުރުގައި ބްލެޓާއަށް ލިބިފައިވަނީ 113 ވޯޓެވެ. ޕްރިންސް ޢަލީ އަށް ލިބިފައިވަނީ 73 ވޯޓެވެ.

comment ކޮމެންޓް