އެމްބީއޭ ކަޕްގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓީރެކްސްއަށް

އެމްބީއޭ ކަޕްގެ އެއް ވަނަ ޑިވިޝަންގެ ފައިނަލް މެޗްގައި ރެޑްލައިން ކްލަބު (އާރްއެލްސީ) ގެ މައްޗަށް ތިން ޕޮއިންޓްގެ ތަފާތަކުން ކުރިހޯދައި ޓީރެކްސް ޗެމްޕިއަން ކަން ހޯދައިފިއެވެ.

ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓްގައި ކުޅުނު މެޗުގައި ޓީރެކްސްއިން 76 ޕޮއިންޓް ހޯދިއިރު އާރްއެލްސީ ހޯދާފައިވަނީ 73 ޕޮއިންޓެވެ.

ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ 16 ޕޮއިންޓް ހޯދި އާރްއެލްސީގެ ޙުސައިން ޙަލީމެވެ.

މިމެޗަށް ފަހު މުބާރާތުގެ އެކި މަގާމުތަކަށް އައި ކުޅުންތެރިން ވަނީ ހޮވާފައެވެ.

މުބާރާތުގެ އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ހޮވިފައިވަނީ ހަރިކޭންގެ އަޙްމަދު އިފާޝްއެވެ.

އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިކަށް ހޮވިފައިވަނީ ޔޫއެން ފްރެންޑްސްގެ އިބްރާހިމް ރަޝްވާންއެވެ.

އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަރިކޭންގެ މުޙައްމަދު ޒިލާލެވެ. އަދި މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ކަމިޔާބު ކުރި ކުޅުންތެރިޔަކީވެސް ޒިލާލްލްއެވެ. ޒިލާލްއަކީ މިމުބާރާތުގެ ދެ ވަނަ ޑިވިޝަންގެ އެންމެ މޮޅު ކޯޗް ވެސް މެއެވެ. އޭނާ ވަނީ ދެ ވަނަ ޑިވީޝަންގައި އެލްޓީއށް ކޯޗްކޯށްދީ އެޓީމަށް ޗެމްޕިއަން ހޯދަދީފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީރެކްސްގެ އަޙްމަދު އަހްސަންއެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ޓީރެކްސްގެ އިބްރާހިމް ނާހިދެވެ.

comment ކޮމެންޓް