ބޭރަށް ބޮންޑް ވިއްކައިގެން ލަންކާގެ އާ ސަރުކާރުން ބިލިއަނެއްހާ ޑޮލަރު ހޯދައިފި

ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ބޮންޑް ވިއްކައިގެން ސްރީލަންކާގެ އާ ސަރުކާރުން ބިލިއަނެއްހާ ޑޮލަރު ހޯދައިފި އެވެ.

ސްރީލަންކާގެ ސެންޓްރަލް ބޭންކާ ހަވާލާދީ ދަ އެކޮނަމިކް ޓައިމްސް އިން އިއްޔެ ބުނީ ގައުމުން ބޭރުން ފައިސާ ހޯދަން ޖެހުނީ ލަންކާ އިން ފައިސާ ހޯދުމަށް ޕާލަމެންޓުން ހުރަސް އެޅުމުން ކަމަށެވެ.

ސެންޓްރަލް ބޭންކުން ބުނީ 10 އަހަރުން އަނބުރާ ދައްކާ ގޮތަށް އަދި 6.25 ޕަސެންޓް އިންޓަރެސްޓް ރޭޓްގައި ބުރާސްފަތި ދުވަހު 650 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށެވެ.

"އިންޓަނޭޝަނަލް ސޮވެރިންނާ އެކު 988 މިލިއަން ޑޮލަރު ވަނީ ހޯދިފައި،" ސެންޓްރަލް ބޭންކުން ބުންޏެވެ.

އާ ސަރުކާރުން ބޭރަށް ބޮންޑް ވިއްކަން ނިންމީ ޑޮމެސްޓިކްކޮށް ބޮންޑް ވިއްކުން ޕާލަމެންޓުން މަނާ ކުރިތާ މަސް ދުވަސް ފަހުންނެވެ.

ރަނިލްވިކްރަމަ ސިންހާގެ މައިނޯރެޓީ ސަރުކާރުން 225 މެމްބަރުންގެ ޕާލަމެންޓަށް ހުށަހެޅީ ޓްރެޝަރީ ބޮންޑް ލިމިޓް 400 ބިލިއަން ރުޕީސް އިން 1250 ބިލިއަން ރުޕީސް އަށް އިތުރު ކުރުމަށެވެ. ނަމަވެސް ޕާލަމެންޓުން ވަނީ އެ ހުއްދަ ނުދީފަ އެވެ.

ޖެނުއަރީ މަހު 8 ވަނަ ދުވަހު އޮތް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ ވެލްފެއާގެ ހަރަދުތައް އިތުރުކޮށް، ތެލާއި ކަރަންޓް ބިލްތަކަށް ސަބްސިޑީދޭ ވަރު އިތުރުކޮށްފަ އެވެ. ނަމަވެސް އެ ނިސްބަަތުން ޓެކްސް ނަގާ ވަރު އިތުރު ނުކުރުމުން ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު