މަސްވެރިކަމުގެ ދާއިރާ އިން ރާއްޖޭން އިންޑޮނޭޝިއާއަށް ފަންނީ އެހީ ދެނީ

ޑރ. ޝައިނީ އިންޑޮނޭޝިއާގެ ބައެއް އޮފިޝަލުން އަރިހުގައި.

މަސްވެރިކަމުގެ ދާއިރާ އިން ރާއްޖެ އިން އިންޑޮނޭޝިއާއަށް ފަންނީ އެހީތެރިކަން ދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ބާލީގައި މިމަހުގެ 27 ވަނަ ދުވަހު ފެށި ކަނޑުމަހުގެ ވިޔަފާރިއާ ބެހޭ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވި ކަމަށް މަސްވެރިކަމާ ބެހޭ ހަބަރު ފަތުރާ ވެބްސައިޓެއް ކަމަށްވާ ފިސް ނެޓް އިން ބުނީ އިންޑޮނޭޝިއާގެ އުފެއްދުންތަކަށް މެރިން ސްޓީވާޑަސް ސެޓްފިކެޓް ހޯދުމަށް ރާއްޖޭން އެހީތެރިވާނެ ކަމަށެވެ.

"...އެމްއެސްސީ ސެޓްފިކެޓް ހޯދުމަށް ދިވެހި ސަރުކާރާއި ސަރުކާރާއި ބައިވެރިވާ އެންޖީއޯތަކުން އެހީތެރިވާނެކަމުގެ ޔަގީން އިންޑޮނޭޝިއާގެ މަސްވެރިކަމާ ބެހޭ އިދާރާތަކާއި ކަނޑު މަހުގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް އަޅުގަނޑު ދޭން ބޭނުން،" ޑރ.ޝައިނީ ވިދާޅުވި އެވެ.

އެމްއެސްސީ ސެޓްފިކެޓް ހޯދުމާ ބެހޭ ފަންނީ މައުލޫމާތު ހިއްސާ ކުރުމުގެ އިތުރުން ސެޓްފިކެޓް ހޯދުމަށް ކުރާ މަސައްކަތުގައި އިޖުތިމާއީ ގޮތުން ކުރިމަތިވާ ކަންބޮޑުވުންތައް ހައްލު ކުރާނެ ގޮތް ވެސް ރާއްޖޭން ކިޔައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް މެރިން އެފެއާޒް އެންޑް ފިޝަރީޒްގެ ޑައިރެކްޓާ ޖެނެރަލް ފޯ ފިޝަރީޒް ޕްރޮޑަކްޓް ޕޮރޮސެސިން ސައުޓު ޕީ ހުޓަގަލަން ވިދާޅުވެފައި ވަނީ ރާއްޖެއަށް ޝުކުރުވެރިވާ ކަމަށާއި ރާއްޖެއާ އެކު މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެ އިން އެމްއެސްސީ ހޯދީ 2012 ވަނަ އަހަރުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު