އެންމެ ބޮޑު ފްލޯޓިން ސޯލާ ޕެނަލް ގިރި ލަންކަންފުށީގައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިން ސޯލާ ޕެނަލްއެއް ގިލި ލަންކަންފުށީގައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ބޮޑު ފްލޯޓިން ސޯލާ ޕެނަލްއެއް ގިރި ލަންކަންފުށީގައި ބޭނުން ކުރަންފަށައިފި އެވެ.

ފްލޯޓިން ސޯލާ ޕެނަލް އުފެއްދުމަށް މަޝްހޫރު އޮސްޓްރޭލިއަން ކުންފުނި ސްވިމްސޯލް އާއި ގިރި ލަންކަންފުށި ގުޅިގެން އެ ފަދަ ސޯލާ ޕެނަލް އުފެއްދުމަށްފަހު ބޭނުން ކުރުމުގެ ބޭނުމަކީ ބިން ކުޑަ ރަށްތަކުގައި ތިމާވެށްޓަށް ގެއްލުން ނުކުރާ ގޮތަކަށް ކަރަންޓު އުފެއްދުމަށެވެ.

މިހާރު އެ ރެސޯޓުގައި ބޭނުން ކުރަން ފަށާފައިވާ ސޯލާ ޕެނަލްއަކީ ގަދަ އޮއެވަރާއި ރާޅުތަކުގެ ސަބަބުން ހަލާކު ނުވާނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފްލޯޓިން ސޯލާ ޕެނަލްއެކެވެ. ޖުމްލަ 112 ސޯލާ ޕެނަލް އިންނަ އެ ބޯޑުގައި ބިއްލޫރި ފައިބަރު ޓިއުބުގެ އިތުރުން އެލުމިނިއަމް ފްރޭމްތަކެއް ވެސް ހުންނާނެ އެވެ.

އެ ސޯލާ ޕެނަލް ބަރުދަނުގައި ފަސް ޓަނު ހުންނާނެ އެވެ.

ގަދަޔަށް އަވިދޭ ދުވަހެއްގައި އެ ޕެނަލުން 200 ކިލޯވޯޓްޕާ ކަރަންޓް އުފައްދާނެއެވެ. އެވަރުގެ ހަކަތައިން ރިޒޯޓުގެ މަގުތަކާއި ޖެޓީ ލައިޓް އަދި މައި އޮފީހަށް 12 ގަޑިއިރު ވަންދެން ކަރަންޓު ދެވޭނެ އެވެ.

އެ ސޯލާ ޕެނަލް ޕްލެޓްފޯމްގެ ސަބަބުން ރިޒޯޓުން އުފެދޭ ކާބަންޑައިއޮކްސައިޑްގެ އަދަދު 35 ޓަނު އަހަރެއްތެރޭގައި މަދު ކޮށްދޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު