އެސްޓީއޯގެ ހިއްސާއަކަށް 76 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ފާއިތުވި އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 76 ރުފިޔާ ބަހަން މިހާރު ހޮޓެލްޖެންގައި ކުރިއަށްދާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އިން ނިންމައިފި އެވެ.

މިއީ 2013 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ކަނޑައެޅި 24 ރުފިޔާ އަށް ވުރެ ތިން ގުނަ ބޮޑު އަދަދެކެވެ.

އެސްޓީއޯ އަށް ފާއިތުވި އަހަރު ސާފު ފައިދާގެ ގޮތުގައި 480 މިލިއަން ރުފިޔާ ލިބިފާވެއެވެ.

އެސްޓީއޯ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ 2013 ވަނަ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ ބޮޑު އަދަދެކެވެ. ދޭހާސްތޭރަ ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 164 މިލިއަން ރުފިޔާއެވެ.

ފާއިތުވި އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 9.1 ބިލިއަން ރުފިޔާ ލިބިފަ އެވެ. ދެހާސްތޭރަ ވަނަ އަހަރު އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންކަމުން 2014 ވަނަ އަހަރު ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެ ބިލިއަން މަދު ނަމަވެސް އެ ކުންފުނިން ވަނީ ސާފު ފައިދާ ތިން ގުނަ އިތުރުކޮށްފައެވެ.

އެސްޓީއޯ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރީ އާއްމު ޖަލްސާގައި ހިއްސާގެ ފައިދާއިން ބަހާނެ އަދަދެއް ކަނޑައެޅުމުގެ އިތުރުން ކުންފުނީގެ އަހަރީ ހިސާބާއި އެންމެ ފަހުން ބޭއްވި އަހަރީ ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފަ އެވެ. މިހާތަނަށް އަހަރީ އާއްމު ޖަލްސާ ބާއްވާފައި ވަނީ ދިރާގާއި ބޭންކު އޮފް މޯލްޑިވްސް އާއި އަމާނާތަކަފުލް އިންނެވެ.

އެސްޓީއޯ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް