ނައިޖީރިއާގެ އާ ރައީސް ހުވާކުރައްވައިފި

މުހަންމަދު ބުހައިރީ ހުވާ ކުރައްވަނީ --

ނައިޖީރިއާގެ އާ ރައީސް މުހަންމަދު ބުހައިރީ މަގާމުގެ ހުވާ ކުރައްވައިފި އެވެ. މިއީ ނައިޖީރިއާގެ ތާރީހުގައި ވެސް ވެރިކަމުގައި ހުންނެވި ބޭފުޅަޅު ބަލި ކުރުމަށް ފަހު އިދިކޮޅު ލީޑަރަކު އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ. އަދި އެ އިންތިހާބަކީ ނައިޖީރީއާ 1960 ވަނަ އަހަރު މިނިވަން ވުމަށް ފަހު އިދިކޮޅު ލީޑަރަކު އިންތިހާބު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ބުހައިރީ މިއަދު ހުވާ ކުރެއްވީ ނައިޖީރިއާގެ ދިދަގައިގެ ކުލަ ފެއްސާއި ހުދު ބެނާތަކުން ޒީނަތް ތެރިކޮށްފައިވާ ބެނާތަކެއްގެ މެދުގައި ހުންނަވައިގެން ކަމަށް ވޮސް އޮފް އެެމެރިކާ އިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ނައިޖީރިއާގެ ބޮޑުންނާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އާއި ވަފުދެއް ބައިވެރިވި އެވެ. އަދި އެ ރަސްމިއްޔާތުގައި މަގާމު ގެއްލުނު ކުރީގެ ރައީސް ގްޑް ލުކް ޖޮނަތަން ބައިވެރިވެވަޑައިގަތެވެ.

ޖޮނަތަން އިއްޔެ ވަނީ ބުހައިރީއާ ބައްދަލު ކުރައްވައި ނޯޓުތަކެއް ބަދަލު ކުރައްވައިފަ އެވެ. އަދި ޕްރެސިޑެންޝަލް ވިލާ ދައްކަވައި ސުލްހަވެރިކަމާ އެކު ބާރުތައް ބަދަލު ކުރައްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވައިފަ އެވެ.

ބުހައިރީގެ ވައުދާ އެއްގޮތަށް ކޮރަޕްޓް ލީޑަރުންނާ ދެކޮޅަށް ތެދުވެ އެފަދަ މައްސަލަތައް ފެންމަތި ކުރާނެ ކަމަށް ބެލެވެ އެވެ. އަދި ނައިޖީރިއާގެ ނޫސްތަކުން ބުނީ ބުހައިރީ ވެރިކަމާ ހަވާލުވުމާ އެކު ސިޔާސީ އެތައް ބަޔަކު އެތައް މިލިއަން ޑޮލަރެއް ސަރުކާރަށް ރައްދުކޮށްފައިވާ ކަމަށެވެ. އަދީ އެއީ އެ މީހުން ސަލާމަތް ވުމުގެ ބޭނުމުގައި ކަމަށެވެ.

"އަހަރެންނަކީ އެންމެންގެ މީހެއް، އަދި އަހަރެންނަކީ އެއްވެސް މީހެއްގެ މީހެއް ނޫން،" ބުހައިރީއާ ހަވާލާދީ ބީބީސީ އިން ބުންޏެވެ.

ބުހައިރީ ވައުދުވެފައި ވަނީ ކޮރަޕަޝަން ނައްތާލާނެ ކަމަށާއި ބޯކޯ ހަރާމްގެ އަނިޔާވެރިކަން ނައްތާލާނެ ކަމަށެވެ.

އެފްރިކާގެ އެންމެ ބޮޑު އެކޮނަމީ އޮންނަ ނައިޖީރިއާގެ އިންތިހާބު ބުހައިރީ ކާމިޔާބު ކުރެއްވީ މިދިޔަ މާޗު މަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު