ސަން ޓީމްގެ މައްޗަށް ސިފައިންގެ ކުލަބް ކާމިޔާބު ހޯދައިފި

މައިލޯ ވިމެންސް ޗެމްޕިއަންޝިޕްގައި ސިފައިން ކުޅުނު ފުރަތަމަ މެޗްގައި ސްޓާއާ ދެކޯލަށް ކުޅުނު މެޗްގައި ޑީއެސްސީގެ ސަބީނަ އަތުން ބޯޅަ ހޯދުމަށް ސްޓާ ޓީމްގެ ކުޅުންތެރިން މަސައްކަތް ކުރަނީ: މިއަދު ސަން ޓީމާ ވާދކޮށް ޑިއެސްސީ މެޗުން މޮޅުވުމަށް ޖެހި ދެ ލަނޑުވެސް ކާމިޔާބު ކުރީ ސަބީނާ --- ފޮޓޯ/ ޑީއެސްސީ

މައިލޯ ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފަހަތުން އަރައި ސަން ޓީމްގެ މައްޗަށް ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން 2-1 ނަތީޖާއަކުން ކުރި ހޯދައިފި އެވެ.

އެ މެޗްގައި ސިފައިންގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ އެ ޓީމްގެ ބަނގުލަދޭޝްގެ ގައުމީ ޓީމްގެ ފޯވަޑް ސަބީނާ ކާތުންނެވެ.

ސަން ޓީމްގެ ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕާކިސްތާންގެ ގައުމީ ޓީމްގެ ފޯވަޑް ހަޖަރާ ހާންއެވެ.

ސަބީނާ ޑީއެސްސިއަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެ ވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓް ތެރޭގަ އެވެ.

މެޗުން މޮޅުވި ލަނޑު ސިފައިންގެ ޓީމުގެ ސަބީނާ ކާމިޔަބު ކުރީ ދެ ވަނަ ހާފުގެ 21 ވަނަ މިނެޓްގަ އެވެ. މިއީ ސަބީނާ މި މުބާރާތުގައި ކާމިޔާބު ކުރި 10 ވަނަ ލަނޑެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ސަބީނާއެވެ.

މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓާ ލާމް އަތޮޅަށް ނިސްބަތްވާ ސްޓާއާ ދެކޮޅަށެވެ.

comment ކޮމެންޓް