ގައުމީ ވޮލީބޯޅަ ޓީމު ފައިނަލުން ބަލިވެއްޖެ

ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމް.

އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި 3-2 ސެޓުން ރާއްޖެ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ތުރުކުމެނިސްތާން މިއަދު ހޯދައިފި އެވެ.

ބަނގުލަދޭޝްގެ ޑާކާގައި ކުރިއަށް ދާ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފައިނަލްގައި ފުރަތަމަ ދެ ސެޓް ރާއްޖެއިން ކާމިޔާބު ކުރިއިރު ތުރުކުމިނިސްތާން މޮޅުވީ ފަހަތުން އަރައި އަނެއް ތިން ސެޓް ކަމިޔާބުކޮށްގެންނެވެ.

ފުރަތަމަ ސެޓް 27-25 ން ރާއްޖެ މޮޅުވިއިރުމޮޅުވިއިރު ދެ ވަނަ ސެޓް ކާމިޔާބުކޮށްފައި ވަނީ 25-22 އިންނެވެ.

ތިން ވަނަ ސެޓް ތުރުކުމިނިސްތާން ކާމިޔަބު ކުރީ 25-21 އިންނެވެ. އަދި ހަތަރު ވަނަ ސެޓް ކުރީ 25-23 އިންނެވެ.

މެޗްގެ ފަސް ވަނަ ސެޓް އަދި ތުރުކުމިނިސްތާން މެޗުން މޮޅުވި ސެޓް ކާމިޔާބު ކުރީ 15-13 އިންނެވެ.

މުބާރާތުގެ ރަނަރަފް މަޤާމު ހޯދުމުން ރާއްޖެ ހޯދި ކާމިޔާބީގެ އަގުވަޒަންކޮށް 250،000 ރުފިޔާ ގައުމީ ވޮލީޓީމަށް ދެއްވާނެ ރައީސް ޢަބްދުﷲ ޔާމީން މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި މުބާރާތުން މޮޅުވެއްޖެނަމަ ކޮންމެ ކުޅުންތެރިއަކަށް 32،000 ރުފިޔާ ދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

comment ކޮމެންޓް