ކޮރަޕްޝަނާ ދެކޮޅަށް އީސީގެ މުވައްޒަފުން ހޭލުންތެރިކޮށްފި

ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެތް ފިކެތް ހަވާލު ކުރަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރަޕްޝަނާ މެދު އިލެކްޝަން ކޮމިޝަންގެ މުވައްޒަފުން ހޭލުންތެރި ކުރުމުގެ ގޮތުން ވޯކްޝޮޕެއް ބާއްވައިފި އެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ރައީސް އަހްމަދު ސުލައިމާން ވިދާޅުވީ ތައުލީމް ދިނުަމަށް ވުރެ އެ ލިބުނު ތައުލީމެއް ތަންފީޒު ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި އީސީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވޯކްޝޮޕްގައި ކިޔަވައިދިން ތަކެތީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ވެސް ސުލައިމާން އެދިވަޑައިގަތެވެ.

އީސީން ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުން ކިޔަވައިދީފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް އަމަލު ކުރާނެ ގޮތްތަކާއި ކޮރަޕްޝަނާ މެދު އީސީގެ މުވައްޒަފުން ހޭލުންތެރިކުރުވުން ކަމަށެވެ. އަދި ޕްރޮކިއުމަންޓާއި ގުޅޭ މައުލޫމާތާއި އެފަދަ ނިޒާމެއް ހިންގާނެ ގޮތާއި ގުޅޭ ގޮތުން ވެސް އެ ވޯކްޝޮޕްގައި ބައިވެރިންނަށް ކިޔަވައިދީފައިވާނެ ކަމަށް އީސީން ބުނެ އެވެ.

މީގެ އިތުރުން ވެސް މިއަދުގެ ރަސްމމިއްޔާތުގައި ވަނީ ވޯކްޝޮޕްގެ ބައިވެރިން ނަޒާހާތްތެރި ކަމުގެ ވައުދުގައި ސޮއި ކޮށްފަ އެވެ.

comment ކޮމެންޓް