އެއާ އިންޑިއާގެ 17 ފަޅުވެރިޔަކު ސަސްޕެންޑްކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް --

އިންޑިއާގެ ދައުލަތުން އޮޕަރޭޓް ކުރާ އެއާލައިން، އެއާ އިންޑިއާގެ 17 ފަޅުވެރިޔަކު ސަސްޕެންޑްކޮށްފި އެވެ.

ެެއިންޑިއާގެ ނޫސްތަކުން މިއަދު ބުނީ ވަރަށް ސީނިއާ ފަޅުވެރިންނާ އެކު އެ މީހުން ސަސްޕެންޑް ކުރީ، ގަޑިއަށް ފަރުވާ ނުބަހައްޓައި ފްލައިޓްތައް ޑިލޭވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މަހު 22 ވަނަ ދުވަހު އެ އާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ވަގުތުން އެ 17 ފަޅުވެރިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެއާލައިންގެ އޮފިޝަލަކު ވިދާޅުވީ އެ މީހުންނާ މެދު އެ ފިޔަވަޅު އެޅީ ފްލައިޓްތައް ފުރުން ލަސްވާ މައްސަލައާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަޅުވެރިންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އެ މީހުން "ރެސްޓް" ގަޑި ނަގަނީ އޭވިއޭޝަން ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު