މަޝްހޫރު ދާޢީ ނިސާރު ނާޑިއަޑްވާލާ ރާއްޖެ އަށް ގެންނަނީ

ނިސާރު ޕީސް ޓީވީގައި ދަރުހެއް ދެއްވަނީ. ފޮޓޯ: އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ދައުވަތަކަށް ދުނިޔޭގެ މަޝްހޫރު ދާޢީ ނިސާރު ނާޑިއަޑްވާލާ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ޕީސް ޓީވީ އާއި ޑރ.ޒާކިރް ނައިކްގެ އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ރީސާޗް ޑިޕާޓްމަންޓްގެ ހެޑްގެ މަޤާމް ފުރުއްވާފައިވާ ނިސާރު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ 6 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަަމަށް އެ ފައުންޑޭޝަނުން މިއަދު ބުންޏެވެ. އެ ޖަލްސާ އޮންނާނީ ޖޫން 15 ވަނަ ދުވަހު އެވެ.

އޭގެ އިތުރުން އޭނާ ރާއްޖޭގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ބުނީ ނިސާރު ނާޑިއަޑްވާލާ ރާއްޖެ ޒިޔާރަތްކުރައްވަނީ ޖޫން މަހު 13 އިން 17 އަށް ކަމަށެވެ.

ނިސާރު ވަނީ 200 އަށް ވުރެ އިނގިރޭސި ދަރުސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެއްވާފަ އެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން އަންނަނީ ބައިނަލް އަގުވާމީ އިލްމުވެރިން ދައުވަތުދީގެން ބައެއް ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މިއަހަރު ވެސް ތުރުކީގެ ހާރޫން ސައެންސް ޓީމްގެ ބޭފުޅުންނާއި ކެނެޑާގެ މަޝްހޫރު ޤާރީ އިމްރާން ޚާން ރާއްޖެ ގެނެއުމަށް ހަމަޖެހިފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު