ގެއަކުން ވައްކަން ކުރި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މާލޭގެ ގެއަކުން ވައްކަންކުރި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ 8:15 އެހާކަންހާއިރު ހ. ނެދަލޭންޑްގޭގެ ދެ ކޮޓަރިއަކުން ވައްކަން ކުރުމުގެ ކުށުގައި އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ޅ. ކުރެންދޫ އޯޒޯން މުހައްމަދު އަހްމަދުގެ މައްޗަށެވެ.

އެގޭގެ ދެ ކޮޓަރިއެއްގެ ތެރެއިން ޑިޖިޓަލް ގުރުއާނަކާއި ނޮކިއާ ފޯނަކާއި ހެޑްސެޓަކާއި އެއާޓެލް ޑީކޯޑަރަކާއި އެގޭ ކޮޓަރިއެއްގައި އޮތް އަތްދަބަހަކުން 5695 ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އެތަކެތި ވަގަށް ނެގި ކަމަށް އޭނާ އިންކާރުކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން އޭނާ އެތަކެތި ވަގަށްނެގިކަން ސާބިތުވާ ކަމަށެވެ.

comment ކޮމެންޓް