މެލޭ- ތައި ބޯޑަރުން 139 މީހެއްގެ ކައްވަޅު ފެނިއްޖެ

މެލޭޝިޔާ އާއި ތައި ބޯޑަރުން ފެނުނު ކައްވަޅަކުން ބަޔަކު ނަގަނީ --

މެލޭޝިޔާ އާއި ތައިލެންޑްގެ ބޯޑަރުން، މެލޭޝިޔާއާވީ ފަރާތުން 139 ކައްވަޅު ފެނިފައިވާ ކަމަށާއި އަދި އޭގެ ތެރެއިން ބައެއް ވަޅުތަކުގައި އެކަކަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށާއި އެ މީހުންނަކީ ހިޖުރަ ކުރި ބައެއް ކަމަށް ބެލެވޭ ކަމަށް މެލޭޝިޔާގެ ފުލުހުން ބުނެފި އެވެ.

މެލޭޝިޔާގެ އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސް ހާލިދު އަބޫބަކު ރޮއިޓާސް އަށް ވިދާޅުވީ މެލޭޝިޔާގެ އުތުރުން ތައިލޭންޑް ބޯޑަރާ 500 މީޓަރު ހިސާބުން ފެނުނު ކައްވަޅުތަކަކީ ހިއުމަން ޓްރެފިކިން ކުރި ކަމަށް ޝައްކު ކުރެވޭ 28 ތަނެއްގެ ތެރެއިން ތަނެއް ކަމަށެވެ.

ހާލިދު ވިދާޅުވީ އެ ކައްވަޅުތައް ފެނިފައި ވަނީ މެލޭޝިޔާ ފުލުހުން މި މަހު 11 އިން 23 ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި 139 ކައްވަޅު ފެނިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެތަނުން އެކައްވަޅަކީ މި މަހުގެ ކުރީ ކޮޅު ތައިލޭންޑުން ފެނުނު، އެތައް ބައެއްގެ ކައްވަޅާ 100 ވަރަކަށް މީޓަރު ކައިރިން ފެނުނު ކައްވަޅެއް ކަމަށެވެ.

މެލޭޝިޔާގެ ހޯމް މިނިސްޓަރު އަހުމަދު ޒާހިދު އިއްޔެ ވިދާޅުވީ އެ ކައްވަޅުތަކަކީ އިންސާނީވަގުފާރީގެ ސިކާރައަކަށްވެފައިވާ މީހުންތޯ ބަލަމުން އަންނަ ކަމަށެވެ.

މި މަހު ކުރީ ކޮޅު ތައިލޭންޑުން ފެނުނު ކައްވަޅުތަކުން 26 މީހެއްގެ ހަށިގަނޑު ވަނީ ނަގައިފަ އެވެ.

އިރުމަތީ އޭޝިޔާގައި އިންސާނީ ވަގުފާރި އަންނަނީ އިންތިހާ އަށް އިތުރުވަމުންނެވެ. އަދި މިއަންމާގެ ގިނަ ބަޔަކު މެލޭޝިޔާ އާއި އިންޑޮނޭޝިޔާ އަށް، ތައިލޭންޑް މަގުން ދަނީ އެތެރެވަމުންނެވެ.

ތިން ހާހަށް ވުރެ ގިނަ، މިޔަންމާ އަދި ބަނގުލާދޭޝް މީހުން މޭލޭޝިޔާ އާއި އިންޑޮނޭޝިޔާ އަށް މި މަހު ވަނީ ބޯޓްތަކުގައި ހިޖުރަކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު