ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ޑޮކްޓަރު ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

ފުވައްމުލައް: ގެއްލިގެން ހޯދަމުން ޕާކިސްތާނު ޑޮކްޓަރު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ހުއްޓާލައިފި: ސަން ފައިލް ފޮޓޯ

ޏ. ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ޕާކިސްތާނުގެ ޑޮކްޓަރު ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ، އެމްއެންޑީއެފް އިން އެ މަސައްކަތް ހުއްޓާލާފައި ވީ ނަމަވެސް ރާއްޖޭން ބޭރުގެ ރެސްކިއު ޓީމުތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޑޮކްޓަރު ހޯދުމުގެ މަސައްކަތް ހުއްޓާލައިފައި ވަނީ 7 ދުވަސް ވަންދެން އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށްފަހުގައި ކަމަށެވެ.

"ކޮންމެ މީހަކު ގެއްލުނަސް އަޅުގަނޑުމެންނަށް ވަކި ދުވަހެއް ވަންދެން ސާޗު ކުރެވޭނީ ދެއްތޯ،" އަދުނާނު ވިދާޅުވި އެވެ.

ޕާކިސްތާނުގެ އެ ޑޮކްޓަރު ގެއްލިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު މޫދަށް އެރި އުޅެނިކޮށެވެ. ފުލުހުން ބުނީ އޭނާ ގެއްލުނީ އަންހެނުންނާއެކު މޫދަށް އެރި އުޅެނިކޮށް ފުވައްމުލަކު މާނެރު ސަރަހައްދަށް ކަމަށެވެ.

އެ ޑޮކްޓަރަކީ ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެތެރެހަށީގެ ހާއްސަ ޑޮކްޓަރެކެވެ.

comment ކޮމެންޓް