"ބިއުޓިފުލް މައިންޑްސް" ޖޯން ނޭޝް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ޖޯން ނޭޝް އާއި އޭނާގެ އަންހެނުން އެލިޝިއާ ނޭޝް--- ފޮޓޯ: އެންޖޭ

ނޯބެލް ޕްރައިޒް ލިބިފައިވާ މަޝްހޫރު މެތަމެޓީޝިއަން ޖޯން ފޯބްސް ނޭޝް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

"ބިއުޓިފުލް މައިންޑްސް"ގެ ނަމުން މަޝްހޫރު ވެފައިވާ ނޭޝްގެ ހަޔާތުގެ މައްޗަށް 2001 ވަނަ އަހަރު ހެދި ފިލްމަކީ އޮސްކާ އެވޯޑު ލިބިފައިވާ ފިލްމެކެވެ. ބިއުޓިފުލް މައިންޑްސްގެ ނަމުން ނަން ދެވިފައިވާ އެ ފިލްމުގެ ސަބަބުން އޭނާ އަށް އެ ނަން ކިޔަން ފެށުނެވެ.

ނިއު ޖާޒީ ސްޓޭޓް ފުލުހުން ބުނާ ގޮތުގައި ހޮނިހިރު ދުވަހު ނިއު ޖާޒީ ޓާންޕައިކްގައި ޓެކްސީއަކާ ޖެހި އޭނާ އެކްސިޑެންޓްވީ ކަމަށާއި އޭރު ކާރުގައި ނޭޝްގެ އަންހެނުން އެލިޝިއާ ނޭޝް ވެސް ކާރުގައި އިން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ވެސް ވަނީ އެ އެކްސިޑެންޓުގައި މަރުވެފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި މަރުވި އިރު ނޭޝްގެ އުމުރުން 86 އަހަރު ކަމަށާއި އޭނާގެ އަންހެނުންނަށް 82 އަހަރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނޭޝް އަށް 1994 ވަނަ އަހަރު ނޯބެލް ޕްރައިޒް ލިބިފައި ވަނީ އިކޮނޮމިކްސްގެ ދާއިރާ އިން އޭނާ އުފެއްދި "ގޭމް ތިއަރީ"ގެ މަސައްކަތަށެވެ. ސްކިޒޮޕޮރޭނިއާ ބަލީގެ ޝިކާރައަކަށްވެ ހުރެ ހިސާބާއި އިކޮނޮމިކްސް އިން ބޮޑެތި ކާމިޔާބިޓަކެއް ހޯދުމާ ގުޅިގެން އޭނާގެ ހަޔާތުގެ މައްޗަށް ވަނީ 1998 ވަނަ އަހަރުގައި ބަޔޮގްރަފީއެއް ތައްޔާރުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު