ހުޅުލެ-މާލެ ބްރިޖު މެދުވެރިކޮށް މާލެ އަށް ފެން ސަޕްލައިކުރަން ރާވަނީ

އެމްޑަބްލިއުއެސްސީ އަށް ވިހި އަހަރު ފުރުން ފާހަގަކުުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ސަންފޮޓޯ: އަލީ ނަސީރު

ހުޅުލެ-މާލެ ބްރިޖްގެ މެދިވެރިކޮށް ހުޅުލެއާއި މާލެ އާއި ދޭތެރޭ ފެން ހޮޅިއަޅައި ފެން އުފައްދާ މައި މަރުކަޒަށް ހުޅުމާލެ ވެގެންދާނެ ކަމަށާއި މުސްތަގުބަލުގައި މާލެ އަށް ފެން ސަޕްލައި ކުރާނީ ބްރިޖު މެދުވެރިކޮށް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީ އަށް 20 އަހަރު ފުރުން ފާހަގަކުުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަހުމަދު ފަޒުލް ވިދާޅުވީ ހުޅުމާލޭގައި މައިގަނޑުގޮތެއްގައި ފެން އުފެއްދިއަސް މާލޭގައި ވެސް ފެން އުފައްދާނެ ކަމަށެވެ. ފެން އުފެއްދުމުގައި އެމްޑަބްލިއުއެސްސީގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ފެން އުފެެއްދުން ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

"ބްރިޖް މެދުވެރިކޮށް ހުޅުމާލެ އަށް ގުޅާ ޕައިޕަކީ ދާއިމީ ގޮތެއްގައި، މާލެ އަދި ހުޅުމާލޭ ސަރަހައްދަށް އެޅިގެންދާ ވަރުގަދަ ބިންގަލެއް،" ފަޒުލް ވިދާޅުވި އެވެ.

ފެންފަންޑަށް ލިބުނު ފައިސާ އިން އެ ޕްރްޖެކްޓްތައް ކުރިއަށްގެންދާ ގޮތަށް ނިންމާފާވާ ކަމަށާއި މި އަހަރުތެރޭ ރާއްޖެ އިން ބޭރުން ގެންނަން ޖެހޭ ތަކެތި ގެނެވޭނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ ވިސްނުމަކީ އަތޮޅުތެރޭގައި ފެނުގެ ސާފުފެން ދެވޭނެ ހިދުމަތް ފުޅާކުރުން ކަމަށް ފަޒުލު ވިދާޅުވި އެވެ. އެގޮތުން ހދ. ކުޅުދުއްފުށި، ކ. މާފުށި، ރ. ދވާފަރުގައި ފެނުގެ ހިދުމަތްދީފާވާ ކަމަށާއި މީގެ އިތުރުން 16 ޕްރޮޖެކްޓެއް މިހާރު ވެސް ކުރިއަށްދާ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"ފެން ރައްޔިތުންނާ ހަމައަށް ޔަގީންކޮށްދިނުމަށް ޓަކައި އަދި ފެން ރައްޔިތުންނާ ހަމައަށް ކަށަވަރުކޮށްދިނުމަށް ޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުން ދާނަން،" ފަޒުލް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން އުފައްދާ ފެނުގެ ކޮލިޓީ ބެލުމަށް ޓަކައި ލެބޯޓްރީއެއް ގާއިމުކޮށްފާވާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ އެކިދާއިރާތަކުން ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް އެވޯޑް ދީފަ އެވެ.

އެ ކުންފުނީގެ ފަހި ހިދުމަތް ކެމްޕޭން ވެސް ވަނ ރޭގެ ރަސްމިއްޔާތުގައި އިފްތިތާހްކޮށްފަ އެވެ. އެ ކެމްޕޭނުގެ ދަށުން ރޭގައި ވަނީ ފަހި ނޯޓިފިކޭޝަން ހިދުމަތް ތައާރަފްކޮށްފަ އެވެ. ފަހި ނޯޓިފިކޭޝަން މެދުވެރިކޮށް 1050 އަށް އެސްއެމްއެސް ކުރުމުން ބިލުގެ ބެލެންސްބެލުމާއި އިންކުއަރީސް ހުށަހެޅޭނެ ކަމަށް އެމްޑަބްލިއުއެެސްސީން ބުނެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ އެ ކުންފުނީގެ މުއައްޒަފުންނަށްދޭ އިނާޔަތް ބޮޑުކޮށްދީފާވާ ކަން އިއުލާންކޮށްފަ އެވެ. އެހެންނަަވެސް ތަފްސީލްދީފައެއް ނުވެ އެވެ. މީގެ އިތުރުން ކޮންމެ އަހަރަކު ވެސް އަންހެން މުއައްޒަފަކާއި ފިރިހެން މުއައްޒަފެއް ކުންފުނީގެ ޚަރަދުގައި ހައްޖަށް ފޮނުވަން އެމްޑަބްލިއުއެސްސީން ވަނީ ނިންމައިފަ އެވެ. އެ ކުންފުނީގައި ގާތްގަނޑަކަށް 600 މުއައްޒަފުން ތިބެ އެވެ. އެމްޑަބްލިއުއެސްސީ އިން ދަނީ ތާޒާ ފެން ބަންދުކޮށްފައި ހުންނަ ފުޅި އާއި އެސްލޯނު ހޮޅި އުފައްދަމުންނެވެ. އެ ކުންފުނިން ދުވާލަކަށް 25 ޓަނުގެ ފެން އުފައްދަ އެވެ.

comment ކޮމެންޓް