އުމުރުން 11 އަހަރުގައި ތިން ޑިގްރީ އާއެކު ކުއްޖަކު ގްރެޖުއޭޓް ވެއްޖެ

އުމުރުން 11 އަހަރުގެ ތަނީޝްކް އަބްރަހަމް. އޭނާ ވަނީ ތިން ޑިގްރީއާއެކު ގްރެޖުއޭޓްވެފައި --

އުމުރުން 11 އަހަރުގެ އިންޑިއަން-އެމެރިކަން ކުއްޖަކު އެމެރިކާގެ ޔުނިވާސިޓީއަކުން ތިން ޑިގްރީއާއެކު ގްރެޖުއޭޓު ވެއްޖެއެވެ.

'ހޯމް ސްކޫލް' ކޮށް ކިޔެވި 11 އަހަރުގެ ތަނީޝްކް އަބްރަހަމް އަކީ އެމެރިކާގެ ކޮލެޖަކުން ގްރެޖުއޭޓްވި އެންމެ ހަގު ދަރިވަރެވެ. ސެކްރެމެންޓޯގެ ކޮލެޖެއް ކަމަށްވާ އެމެރިކަން ރިވާ ކޮލެޖުން އޭނާ ގްރެޖުއޭޓް ވެފައިވަނީ މެތްސް އާއި ސައިންސް އަދި ފޮރިން ލޭންގުއޭޖުގެ ޑިގްރީއާއެކު އެވެ.

ތަނީޝްކް އެ ކޮލެޖުން ގްރެޖުއޭޓްވީ ޖުމްލަ 1،800 ދަރިވަރުންނާ އެކުގައެވެ.

މިދިޔަ އަހަރުގައިވެސް އޭނާ ވަނީ ނޫސްތަކުގެ ހެޑްލައިންތަކަށް އަރާފައެވެ. އެއީ އުމުރުން 10 އަހަރުގައި އޭނާ ހައި ސްކޫލުން ގްރެޖުއޭޓް ވުމާ ގުޅިގެންނެވެ. އޭނާގެ މަންމަ އޭނާއަށް ގޭގައި ކިޔަވައިދީފައިވާ އިރު، ތަނީޝްކް ބުނީ ގޭގައި ކިޔަވާފައިވަނީ އާދައިގެ ކްލާސްރޫމްތަކުގައި ކިޔަވަން ފޫހިވާތީ ކަމަށެވެ.

ތަނީޝްކް ބުނީ ކޮލެޖުން ގްރެޖުއޭޓު ވުމާ ގުޅިގެން ވަރަށް އުފާވި ނަމަވެސް، އެކަމަކީ އެހާ ބޮޑު ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އޭނާ ބުނީ އުންމީދު ކުރަނީ ނޯބެލް ޕްރައިޒްއެއް ހޯދުން ކަމަށެވެ.

comment ކޮމެންޓް