މިނިވަން 50 ގުޅިގެން ބާއްވާ ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

'މިނިވަން ފަންސާސް ސީޕީ ކަޕް' ފައްޓަވައި ދެއްވުމުގެ ރަސްމިއްޔަތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މުސާ

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ފުލުހުން ހިންގާ ޙަރަކާތްތަކުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތް ނުވަތަ 'މިނިވަން ފަންސާސް ސީޕީ ކަޕް' ރޭ ފަށައިފިއެވެ.

ޓާފް ދަނޑުގައި ފެށި އެމުބާރާތް ފައްޓަވައިދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވާހިދު ވިދާޅުވީ މިމުބާރާތް ބޭއްވިގެން މިދަނީ ފުލުހުންގެ މަސައްކަތުގައި އެންމެ ފަހިދުވަސް ވަރެއްގައި ނޫންކަމަށާއި އެގޮތުން އެ މުބާރާތް ކުރިއަށް ދަނީ ކުޅޭ ދެޓީމާއި ސަޕޯޓަރުން ފިޔަވައި ދެންތިއްބެވި ފަރާތްތަކުން ރަށު ތެރޭގައި ދިމާވާ އެހެނިހެން ކަންކަން ބެލުމުގައި ހަރަކާތްތެރިވާ ގޮތަށް އެއްބަސްވެގެން ކަމަށެވެ.

'މިނިވަން ފަންސާސް ސީޕީ ކަޕް' ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހިދު ވާހަކަ ފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިމުބާރާތް ބޭއްވިގެން މިދަނީ އެންމެ ހިތްފަސޭހަ މާހައުލެއް އަޅުގަނޑުމެންގެ މަސައްކަތުގައި ނުވަތަ ކުޅިވަރަށް އޮތް ދުވަސްވަރެއް ނުންކަމުގައި ވިޔަސް. ކުޅޭ ދެޓީމާއި ދެޓީމްގެ ސަޕޯޓަރުން ދަނޑުގައި ބައިތިއްބާފައި ދެން ތިބި ހުރިހާ އެންމެން ދިމާވާ ތަފާތު އެކި ކަންކަމުގައި ހިއްސާވާ ގޮތަށް އެއެއްބަސްވުމުގެ ދަށުން ކުރެވެމުންދާ މަސައްކަތެއް" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެބާރާތްތަކުގެ ބޭނުމަކީ ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކުގައި ކުޅިވަރުގައި ވާދަވެރިކަން އޮތަސް އެއް ޑިޕާޓްމެންޓާ އަނެއް ޑިޕާޓްމެންޓާ ދެމެދު އެކުވެރިކަން ބަދަހިކުރުމަށް ކަމަށެވެ.

އެމުބާރާތުގައި ކޮންމެ ޓީމެއްގައިވެސް ފުލުހުންގެ ތެރޭގައި ނުހިމެނޭ އެއް ކުޅުންތެރިޔަކު ކޮންމެ ޓީމެއްގައިވެސް ބައިވެރި ކުރުމުގެ ފުރުސަތު ވަނީ ދިފައެވެ.

ސީޕީ ވިދާޅުވީ އެކަމުގެ ބޭނުމަކީ ޢާންމު ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި މުބާރާތުގެ ތަށި ޕޮލިސް ކުލަބާއި ހަވާލުކުރުން އޮތެވެ. ޕޮލިސްކުލަބާ މުބާރަތުގެ ތަށި ހަވަލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސްއެވެ.

'މިނިވަން ފަންސާސް ސީޕީ ކަޕް' ޓްރޮފީ ކޮމިޝަނަރ އޮފް ޕޮލިސް ޙުޙުސައިން ވަހީދު ޕޮލިސް ކުލަބުގެ ރައީސް އަޝްރަފް ވަހީދާ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މުސާ

މިމުބާރާތުގައި ފުލުހުން ޑިޕާޓުމެންޓްގެ ތެރެއިން 16 ޓީމެއް ވާދާކުރާއިރު 32 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގެ ކުޅުން ރަސްމީކޮށް ފައްޓަވައި ދެއްވީ ކޮމިޝަނަރ ޙުސައިން ވަހީދާއި ޕޮލިސް ކުލަބުގެ ރައީސް އަޝްރަފް ވަހީދެވެ.

'މިނިވަން ފަންސާސް ސީޕީ ކަޕް' ގައި ބައިވެރިވާ ޓީމްތައް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް