އާ ފަންނާނުން އުފައްދަން އާޓް އިންސްޓިޓިއުޓެއް ގާއިމް ކުރާނަން: މަލީހު

މިރޭ ދަރުބާރުގޭގައި އެމްއެފްއޭގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

ދިވެހި ފަންނާނުން އިތުރަށް ތަމްރީނު ކުރުމަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަރާތްތަކުން އުފެއްދުމަށްތަކައި އާޓް އިންސްޓިޓިއުޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އަށް ނުވަ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ޔޫތު ސިޓީއަކަށް ބަދަލު ކުރާއިރު އެތަނުގައި އެޅުމަށް ހަމަޖެހިފައިވާއިރު އެކަމަށް 10 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ހުޅުމާލޭ ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ވެގެންދާއިރު ދިވެހި ފަންނާނުންނަށް އަދި އެ ]މުނިފޫހި ފިލުވުމުގެ[ ސިނާއަތަށް އާޓް އިންސްޓިޓިއުޓް އެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައި. އެކަމަށްޓަކައި ދޭން ޖެހޭ އިންވެސްޓްމެންޓް އަށް 10 ވަރަކަށް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ،" މަލީހު ވިދާޅުވި އެވެ.

އެ އިންސްޓިޓިއުޓްގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާއިން ގިނަ ފަރާތްތަކަށް ތަމްރީންކޮށް އިތުރަށް ކުރިއަށްދިޔުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުނިފޫހިފިލުވުން އިތުރަށް ކުރިއެރުވުމަށް ހުޅުމާލޭގައި ސިނަމާއެއް ހުޅުވުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާ ކަމަށް މަލީހު ވިދާޅުވިއެވެ.

މިރޭ ދަރުބާރުގޭގައި އެމްއެފްއޭގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

އެމްއެފްއޭގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ އެސޯސިއޭޝަން އަށް އެކި ގޮތްގޮތުން އެހީތެރި ވެދީފައިވާ ފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ހަވާލު ކޮށްފަ އެވެ. އެ ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ގިނަ ދުވަހު އެ ދާއިރާއަށް ހިދުމަތް ކޮށްދީފައިވާ އެވޯޑު އަމްޖަދު އިބްރާހިމަށް ވަނީ ލިބިފައެވެ.

މިރޭ ދަރުބާރުގޭގައި އެމްއެފްއޭގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

އޭގެ އިތުރުން ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި އެ އެސޯސިއޭޝަން އަަށާއި ފިލްމް އިންޑަސްޓްރީއަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް ވެސް ވަނީ ހަނދާނީ ފިލާ ހަވާލު ކޮށްފަ އެވެ.

comment ކޮމެންޓް