ގައުމުގެ ކުރިއެރުމަށް ހުރަސް އަޅާ ބަޔަކު އެބަތިބި: ޝިޔާމް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމް: މިނިވަންކަން ދެމެހެއްޓޭނީ ސިފައިންނާޢެކު ރައްޔިތުން ވެސް ބައިވެރިވެގެން ކަމަށް ވިދާޅުވި-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ގައުމުގެ ކުރިއެރުމަށް ހުރަސްއަޅާ ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ހިދުމަތަށް 123 އަހަރު ފުރުން ފާހަގަ ކުރުމަށް ކަޅުތުއްކަލާ ކޮށީގައި ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އެފަދަ މީހުން ކުރާ މަސައްކަތް ކޮންމެ ދުވަހަކު ވެސް ފެންނަމުންދާ ކަމަށެވެ.

"އެފަދަ މީހުން ބޭނުންހާ ގޮތެއް ހަދަން ގައުމު ދޫކޮށެއް ނުލާނަމޭ، ސިފައިންގެ އަޒުމަކަށް އަބަދުވެސް ވާން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ސިފައިންނަކީ އަބަދުވެސް ގައުމަށް ވަފާތެރި ބަޔަކަށް ވާން ޖެހޭނެ ކަމަށާއި އަބަދުވެސް ވިސްނަން ޖެހޭނީ ވަށައިގެން ހިނގައި އޮއިވަރުގައި ނުޖެހެން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ސިފައިންގެ 123 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"... މިމުއައްސަސާ ހަލާކުކޮށްލަން ކުރާ މަސައްކަތަށް ކުރިމަތިލައި ނޫނެކޭ ބުނަން ކެރެން ޖެހޭނެ،" ސިފައިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޖެނެރަލް ޝިޔާމް ވިދާޅުވިއެވެ.

މިނިވަންކަން ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށާއި ސިފައިން އެކަނި މިނިވަންކަން ނުދެމެހެއްޓޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކަމުގައި ސިފައިންނާއި އެކު އެންމެން ވެސް ބައިވެރިވާން ޖެހޭ،" ޖެނެރަލް ޝިޔާމް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު