ނޭޕާލުގައި ތިބި 14 ދިވެހި ދަރިވަރަކު އިންޑިއާއަށް ގެންގޮސްފި

އިންޑިއާއަށް ގެންދިޔަ ދަރިވަރުން. ފޮޓޯ: ހައިކޮމިޝަން

ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ނޭޕާލުގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން 14 ދަރިވަރަކު އިންޑިއާއަށް ގެންގޮސްފި އެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ސޯޝަލް މީޑިއާ ޓުވިޓާގައި ބުނެފައި ވަނީ އެ 14 ކުދިން މިހާރު ތިބީ އިންޑިއާގެ ސަރަހައްދެއް ކަމަށްވާ ބަގްޑޯރާގެ އެއާޕޯޓްގައި ކަމަށެވެ. އަދި މިރޭ އިންޑިއާ ގަޑިން 7.20 ގައި އެކުދިން ނިއުދިއްލީ އަށް ދާނެ ކަމަށް ކަމަށް ވެސް އެމްބަސީގެ ޓުވީޓްގައި ބުނެފައިވެ އެވެ.

ނޭޕާލުގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަށް އެނބުރި އަންނަން ބޭނުންވާ ކުދިން ގެނައުމަށް މޯލްޑިވިއަންގެ މަތިންދާބޯޓެއް ފޮނުވުމަށް ސަރުކާރުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު މިއަދު ވިދާޅުވީ މޯލްޑިވިއަންގެ މަތިންދާބޯޓް އޮތީ ފުރަން ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު މަޑުކޮށްލައިގެން ތިބީ އެދަތުރު ކުރުމަށް ހޯދަން ޖެހޭ ހުއްދަތައް ލިބެންދެން ކަމަށާއި ވަރަށް އަވަހަށް އެ ހުއްދަ ތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެ ކުދިން އިންޑިއާގެ ހޮޓަލެއެއްގައި ބޭއްތިބުމާއި އަދި މާދަމާ ސްރީލަންކަންގެ ފްލައިޓަކުން މާލެ ފޮނުވުމުގެ ހުރިހާ ހަރަދެއް ވެސް ކުރާނީ ދިވެހި ސަރުކާރުން ކަމަށެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު