އައްޑޫ ސިޓީގެ ހަތަރު ރަށެއްގެ ނަރުދަމާގެ މަސައްކަތް ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށްފި

އެންވަޔަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މިނިސްޓްރީ

ރާއްޖޭގެ ރަށްތަކުގައި ނަރުދަމާ ނިޒާމް ގާއިމް ކޮށްދިނުމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހަތަރު ރަށެއްގެ ނަރުދަމާ ނިޒާމް ޑިޒައިން ކުރުމަށް ދެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބަޔަކާ ހަވާލުކޮށްފައި ވަނީ އައްޑޫ ސިޓީގެ ފޭދޫ އާއި ހުޅުދޫމީދޫ އާއި މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާގެ މަސައްކަތް ޑިޒައިން ކުރުމަށެވެ.

އެ ހަތަރު ރަށުގެ ނަރުދަމާގެ ނިޒާމު ޑިޒައިން ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް އެނާޖީ އެންޑް އެންވަޔަރަމެންޓް ކޮމްޕެނީ (މީކޯ) އާއި ޕާކިސްތާނުގެ އިންޖިނިއަރިން ސާވިސް ކޮންސަލްޓަންޓްސް (އީއެސްސީ) އާއެވެ.

އެންވަޔަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މިނިސްޓްރީ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ނަރުދަމާ ނިޒާމުގެ މަސައްކަތް ޑިޒައިން ކުރުމަށް ދެ ކުންފުންޏާ ހަވާލު ކޮށްފައިވާއިރު އޭގެ ޓެންޑާ ޑޮކިއުމެންޓް ތައްޔާރު ކުރާނީވެސް އެ ދެ ކުންފުނިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގެ ހަތަރު ރަށުގެ ނަރުދަމާގެ މަސައްކަތް ޑިޒައިން ކުރުމަށް ޖުމްލަ 504،1003 ރުފިޔާ ޚަރަދުވާނެ ކަމަށެވެ. ޑިޒައިން ކުރުމުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ.

ނަރުދަމާގެ ޑިޒައިންގެ މަސައްކަތް މިއަދު ހަވާލު ކޮށްފައިވާއިރު އަންނަ މަހުގެ ތެރޭގައި އޭގެ އަމަލީ މަސައްކަތް ކުރުމަށް ބަޔަކާ އެއްބަސްވެވޭނެ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.

comment ކޮމެންޓް