އަމިއްލަ ދަނޑުގައި ބަލިނުވުމުގެ ރެކޯޑު އެވަޓަންއިން ދަމަހައްޓައިފި

މިރޭ އެވަޓަންއާ މެންޗެސްޓާ ޔުނެއިޓޭޑް ބައްދަލު ކުރި މެޗްގެ ތެރެއިން ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަންއާ މެންޗެސްޓާ ޔުނައިޓަޑް ބައްދަލު ކުރިމެޗްގައި 3-0 ގެ ނަތީޖާއަކުން އެވަޓަންއިން ޔުނައިޓަޑްގެ މައްޗަށް ކުރިހޯދައި މިއަހަރު އަމިއްލަ ދަނޑުގައި ބަލިނުވުމުގެ ރެކޯޑަށް ބޮޅެއް އިތުރުކޮށްފިއެވެ.

މިރޭ އެވަންޓަންގެ ގުޑްއިސަން ޕާކުގައި ކުޅުނު މިމެޗްގެ ފަރަތަމަ ހާފުގައި އެވަޓަންއިން ވަނީ ޔުނެއިޓަޑްގެ ކޮޅަށް ދެލަނޑު ޖަހާފައެވެ.

އެގޮތުން މެޗް ފެށިގެން ހަތަރު ވަނަ މިނެޓް ތެރޭގައި އެވަޓަންގެ ފުރަތަމަ ލަނޑު ޖަހައިދިނީ ރިޕަބްލިކް އޮފް އައިލެންޑްގެ މިޑްފީލްޑަރ ޖޭމްސް މެކާތީއެވެ.

މިރޭ އެވަޓަންއާ މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން ފޮޓޯ/ އޭޕީ

އެވަޓަންގެ ދެ ވަނަ ލަނޑު 34 ވަނަ މިނެޓްތެރޭގައި ކާމިޔާބު ކުރީ އެވަޓަންގެ މިޑްފީލްޑަރ ލެއިޓަން ބެއިންސް ނަގައިދިން ކޯނަރަކުން ޕެނެލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅައަކުން ޖޮންސްޓޯން ބޮލުން ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

އެވަޓަންގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން މިރައިސްއެވެ.

މިރޭ އެވަޓަންއާ މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން ފޮޓޯ/ އޭޕީ

މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެންޔޫއިން ކުޅުނު ނަމަވެސް އެޓީމަށްވަނީ ސުން ކަނޑުވާ ނުލެވިފައެވެ.

މެޗްގެ 81 ވަނަ މިނެޓްގައި ކޮލަމްބިއާގެ ރަޑަމެލް ފަލަކޯއޯ ގޯލްގެ ދަގަނޑު ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ ފަލްކާއޯ ބޯޅަ ފޮނުވާލީ އޮފްސައިޑްގައި ހުރެކަމަށެވެ.

މިރޭ އެވަޓަންއާ މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން ފޮޓޯ/ އޭޕީ

މިމެޗުން ބަލިވުމުން އެޓީމް ވަނީ އެންމެ ފަހުން ކުޅުނު ދެމެޗުން ބަލިވެފައެވެ. އަދި ތާވަލްގައި ޔުނައިޓަޑްގެ ފަހަތުން ހަތަރު ވަނައިގަ އޮތް ލިވަޕޫލްގެ މައްޗަށް ދިހަ ޕޮއިންޓެއް ލިބެން އޮތް ނަމަވެސް މިމެޗުން ބަލިވުމުން އެފުރުސަތު ވަނީ ގެއްލިފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ މެޗުން ހާސިލުކުރަން ބޭނުންވި ލަނޑުދަނޑި ހާސިލްކުރެވުނީތީ އުފާވެއްޖެ ކަމަށާއި 3-0 ގެ ނަތީޖާއަކީ އެވަޓަންއަށް ހައްގު ނަތީޖާއެއް ކަމަށެވެ.

މެންޔޫގެ ކޯޗު ލުއިސް ވެންހާލް ބުނީ ޔުނައިޓަޑަށް މެޗު ފެށުނީ މާލަހުން ކަމަށާއި އެވަޓަންއިން ފުރަތަމަ ލަނޑު ޖެހީ މެންޔޫ މެޗްގެ ތެރެއަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް ކަމަށެވެ.

ވެންހާލްވެސް ބުނީ މެޗުން އެވަޓަންގެ ފަރާތުން ފެނުނު ދިފާއި ކުޅުމާއި ކުޅުންތެރިންގެ މޯޓިވޭޝަނަށް ބަލާއިރު އެޓީމަށް މޮޅުވުން ހައްގުކަމަށެވެ.

comment ކޮމެންޓް