ދެ ވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލްް ހޯދައިފި

ކުރިކެޓް ބޯޑުން ކުރިއަށް ގެންދިޔަ ކުރިކެޓް މުބާރާތެއްގެ ތެރެއިން --- ފައިލް ފޮޓޯ/ ކުރިކެޓް ބޯޑް

ކްރިކެޓް ބޯޑުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދެ ވަނަ ޑިވިޝަން އެކްސެލް އެނަޖީ ކްރިކެޓް މުބާރާތުގެ ފައިނަލްގައި މާލޭ ސްޕޯޓްސްއާ ވާދަކޮށް އަށް ވިކެޓުން މެޗު ކާމިޔާބުކޮށް ސީބީއެލް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އިއްޔެ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ފުރަތަމަ މާލޭ ސްޕޯޓްސް ކުލަބް ކުޅެން އަރައި 40 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެ ވަނީ 197 ލަނޑު ހަދާފައެވެ.

ގުރު ދިމާވުމުން މާލޭ ސްޕޯޓްސްކުޅެން އަރައި 10 އޯވަރު ނިމުނު އިރު ވަނީ 3 ކުޅުންތެރިން ނުބައިވެގެން 35 ލަނޑު ހަދާފައެވެ.

މާލޭ ސްޕޯޓްސްއިން ކުޅެން ނިކުތް އިބްރާހިމް ނަޝާތާއި އައިހަމް ޒިޔާޒު ދެ ކުޅުންތެރިން ވެގެން ޖުމުލަ 33 އޯވަރު ތެރޭގައި 177 ލަނޑު ހެދިއެވެ. މިއީ މިމުބާރާތުގައި ހަތަރު ވަނަ ވިކެޓަށް ހަދާފައިވާ އެންމެ މަތީ ސްކޯއެވެ.

އައިހަމް ނުބައިވީ 67 ބޯޅައިން 44 ލަނޑު ހަދާފައެވެ. ނަޝާތު ވަނީ 101 ބޯޅައިން 98 ލަނޑު ހަދާފައެވެ.

މިއިނިންގްސްގައި ސީބީއެލްއިން އެންމެ ރަނގަޅަށް އުކާފައިވަނީ އަށް އޯވަރު 24 ލަނޑަށް ތިން ވިކެޓް ނެގި ޝާޒް ހަބީބާއި އަށް އޯވަރު 35 ލަނޑަށް ތިން ވިކެޓް ނެގި އިސްމާޢީލް އަނިލްއެވެ.

ޖަވާބުގައި ސީބީއެލް ކުޅެން އަރައި 32 އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 200 ލަނޑު ހެދިއެވެ.

މިއިނިންގްސްގައި ސީބީއެލްއިން ނުބައިވީ ސާމީން ޙަބީބާއި ރިޒާން އެކަންޏެވެ.

މިއިނިންގްސްގައި އަށް އޯވަރު 16 ލަނޑަށް އެއް ވިކެޓް ނަގައިގެން އެންމެ ރަނގަޅަށް އުކާފައިވަނީ މާލޭ ސްޕޯޓްސްގެ ކެޕްޓަން ޢަބްދުﷲ ޒިޔާދެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާލޭ ސްޕޯޓްސް ކުލަބްގެ އާދަމް ނާސިފެވެ. މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންއަކަށް ހޮވިފައިވަނީވެސް ނާސިފެވެ.

އެންމެ މޮޅު ބޯޅަ އުކުންތެރިޔަކަށް ހޮވުނީ އެމްއެސް މުޙައްމަދު މުއީޒެވެ.

comment ކޮމެންޓް