ބޮލީވުޑްގެ ކެޓްރީނާ ކަައިފާއި ރަންބީރު ރާއްޖެ އަތުވެއްޖެ

ކެޓްރީނާ އާއި ރަންބީރު.

ބޮލީވުޑްގެ މައްޝޫރު ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ރަންބީރު ރާއްޖެ އަތުވެއްޖެ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އެ ދެ ތަރިން ރާއްޖެ އައިސްފައި ވަނީ މީގެ ބައިގަޑިއެެއްހާ އިރު ކުރިން ޔޫއެލް 101 ގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެތަރިން ރާއްޖެ އައިސްފައި ވަނީ ޗުއްޓީ އަކަށެވެ.

ކެޓްރީނާ އާއި ރަންބީރަކީ ދެ ރައްޓެހިން ކަމަށް އެ މީހުން ތަކުރާރުކޮށް ބުނެފައި ވީނަމަ ވެސް އިންޑިއާގެ މީޑިއާ އިން ބުނާ ގޮތުގައި ކެޓްރީނާ އާއި ރަންބީރަކީ ލޯބީގެ ގުޅުން އޮންނަ ދެ މީހުންނެވެ. ދާދި ފަހުން ކެޓްރީނާ ވަނީ ރަންބީރުގެ މާމައާ ބައްދަލުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު