ކުޅުދުއްފުށީގައި ހުރި ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން އޭސީސީން ވޯކްޝޮޕެއް ބާއްވައިފި

ކުޅުދުއްފުށީގައި އޭސީސީން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން: ފޮޓޯ/ އޭސީސީ

ހދ. ކުޅުދުއްފުށީގައި ހުރި ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހޭލުންތެރިކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި އެވެ.

އޭސީސީން މިއަދު ބުނީ، ގައުމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ އެ ވޯކްޝޮޕުގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ މުވައްޒަފުން، ކޮރަޕްޝަނާ ދެކޮޅަށް ހެދިފައިހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމާއި ކޮރަޕްޝަން ހުއްޓުވުމަށް މުއައްސަސާތަކުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

އެ ވޯކްޝޮޕްގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ޕްރޮކިއުމަންޓު ޗެޕްޓާ" އާ ގުޅޭގޮތުންނާއި އެންޓި ކޮރަޕްޝަނާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ވޯކްޝޮޕްގެ ބައިވެރިން އަހުލުވެރި ކުރުވުމާއި ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިންކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ކުޅުދުއްފުށީގެ 11 މުއައްސަސާއަކުން 41 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

comment ކޮމެންޓް