ކޮތަރުތައް މަރުވިޔަދޭން ދޫކޮށް ނުލާނަން: މިނިސްޓަރު މުއިއްޒު

ޖުމްހޫރީ މައިދާން ސަރަހައްދުގައި އަންހެނަކު ހޮތަރަށް ކާންދެނީ-- ސަން ފޮޓޯ/ އަލީ ނަސީރު

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތައް މަރުވިޔަ ދޭން ދޫކޮށްނުލާނެ ކަމަށާއި އެތަކެތި އެ ސަރަހައްދުން އެހެން ސަރަހައްދަކަށް "ޑައިވާޓް" ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮތަރުތަކަށް ކާންދިނުން މަނާކުރުމުން، އެތަކެތި ބަނޑަށް ޖެހި މަރުވަމުން ދާތީ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށާފައިވަނިކޮށް، މިނިސްޓަރު މުއިއްޒު "ސަން"އަށް ވިދާޅުވީ އެތަކެއްޗަށް ކާންދޭނެ ވަކި ސަރަހައްދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން ހަމަޖެހުމުގެ ކުރިން ވެސް އެތަކެތި މަރުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ އެއްޗިސް މަރުވާކަށް އަޅުގަނޑުމެން ދުލެއް ނުކުރާނެ. އަޅުގަނޑުމެން ކޮތަރު ޑައިވާޓް ކުރެވޭނެ ގޮތްތަކެއް ބަލަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެތަކެތި މަރުވުން ހުއްޓުވޭނެ ގޮތަކާއި ކޮތަރުތައް އެހެން ތަނަކަށް ބަދަލު ކުރެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ދެން ކޮތަރަށް ކާންދިނުން ޖުމްހޫރީ މައިދާނުގައި އާންމުކޮށް ހުޅުވާ ނުލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހައުސިން މިނިސްޓުރީން ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކަަން ދިނުން މަނާކުރީ އެ ސަރަހައްދު ހަޑިވަމުން އަންނާތީ ކަމަށް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު