ލީބިޔާ ދޫކޮށްދިޔަ 700 މީހުން ދަތުރުކުރި ބޯޓެއް ބަންޑުންޖަހައި، އެތައް ބަޔަކު މަރުވެއްޖެ

މިދިޔަ ހަފުތާގައި ބަންޑުން ޖަހައިލި ބޯޓުން ސަލާމަތްވި ބައެއް މީހުން އިޓަލީގެ ކޯސްޓްގާޑް އުޅަނދެއްގައި . ފޮޓޯ: އޭޕީ

ލީބިޔާގައި ހިނގަމުންދާ ހަނގުރާމަ އާއި ހެދި އެ ގައުމު ދޫކޮށް ދިޔަ 700 ވަރަކަށް މީހުން ދަތުރު ކުރި ބޯޓެއް ބަންޑުން ޖަހާލައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

ލީބިޔާގެ ކަނޑުގެ ސަރަހައްދަށް ބަނޑުން ޖަހައިލި އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ސަލާމަތް ކުރެވިފައި ވަނީ 28 މީހުން ކަމަށް މޯލްޓާ ސަރުކާރާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް މޯލްޓާ ބުންޏެވެ.

ބަންޑުން ޖަހައިލި ބޯޓުން ދަތުރުކުރި މީހުން ސަލާމަތް ކުރެވޭތޯ މޯލްޓާ ސިފައިން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އެ އެ ނޫހުން ބުންޏެވެ. މޯލްޓާ ސިފައިން ލަފާ ކުރަނީ ބޯޓުން ދަތުރު ކުރި 700 ވަރަކަށް މީހުންގެ ތެރެއިން މިހާތަނަށް ސަލާމަތް ކުރެވުނު 28 މީހުން ފިޔަވައި އެންމެން މަރުވެފައިވާނެ ކަމަށެވެ. މަރުވެފައިވާ ގިނަ އަދަދެއްގެ މީހުންގެ ހަށިތައް މިހާރު ވެސް ވަނީ ފެނިފަ އެވެ. ގިނަ އަދަދެއްގެ ހަށިތައް ލީބިޔާގެ އައްސޭރިއަށް ވަނީ ލައްގާފައެވެ.

ހާދިސާ ހިނގީ އިޓަލީ އާއި ގާތްގަނޑަކަށް 120 މޭލު ދުރުން ލީބިޔާގެ ކަނޑުގެ ސަރަހައްދުގައެވެ.

ލީބިޔާއިން ޔޫރަޕަށް ހިޖުރަކުރަން އުޅުނު ބަޔަކު ދަތުރުކުރި ބޯޓެއް މިދިޔަ ހަފުތާގައި ވެސް ވަނީ ބަންޑުން ޖަހާލާފައެވެ. އެ ހާދިސާގައި 400 މީހުން މަރުވެފައިވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު