ކައުންސިލަރަކު އިސްތިއުފާ ދެއްވުމުން ދިއްދޫ ކައުންސިލުގެ ގޮނޑިއެއް ހުސްވެއްޖެ

ދިއްދޫ --

ހއ. ދިއްދޫ ކައުސިލުގެ ނައިބު ރައީސް އަދި ކައުންސިލު މެންބަރު ޖައުހަރީ އަލީ ކައުންސިލަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އަދާލަތު ޕާޓީގެ ޓިކެޓުގައި ދިއްގޫ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ޖައުހަރީ "ސަން"އަށް މިއަދު ވިދާޅުވީ ކައުސިލަރުގެ މަގާމުން އިސްތިއުފާ ދެއްވީ އޭނާ ތައުލީމް ހާސިލްކޮށްފައިވާ ދާއިރާ އިން ކުރިއަށްދާން ފުރުސަތު ލިބުމުން ކަމަށެވެ. އެގޮތުން އިމާމު ކަމުގެ މަގާމު މިހާރު ލިބިފައި ވާތީ އެ ދާއިރާ އިން ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށް ޖައުހަރީ ވިދާޅުވި އެވެ.

ޖައުހަރީ އަކީ އަދާލަތު ޕާޓީގެ ޓިކެޓްގައި ދިއްދޫ ކައުންސިލަށް އިންތިހާބުވި ހަމައެކަނި މެންބަރެވެ.

ދިއްދޫ ކައުންސިލުގައި ޕީޕީއެމް އަށް ނިސްބަތްވާ ތިން މެންބަރު އަދި އެމްޑީޕީ އަށް ނިސްބަތްވާ ދެ މެންބަރުންނާއި ޖޭޕީ އަށް ނިސްބަތްވާ ބޭފުޅަކު ހުންނަވަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު