ދިރާގު އިންޓަނެޓަށް ދިމާވި މައްސަލަ ހައްލުވެއްޖެ

ދިރާގުގެ ހެޑް އޮފީސް-- ސަން ފައިލް ފޮޓޯ

ދިރާގުގެ އިންޓަނެޓަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުގެ މެނޭޭޖާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މުހައްމަދު މިރުޝާން ހަަސަން "ސަން"އަށް ވިދާޅުވީ ބައިނަލް އަގުވާމީ ލިންކަކަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ދިރާގުގެ އިންޓަނެޓްގެ ހިދުމަތް ދައްޗަކައި ނުލައި ލިބޭނެ ކަމަށެވެ.

"މިހާރު މައްސަލަ ވަނީ ހައްލުކުރެވިފައި، އެހެންކަމުން ކުރިއާ އެއްގޮތަށް މިހާރު އިންޓަނެޓް ހިދުމަތް ލިބޭނެ." މިރުޝާން ވިދާޅުވިއެވެ.

ދިރާގު އިންޓަނެޓަށް މިއަދު ބުރޫއެރީ އިންޓަނެޓް ހިދުމަތް ދިނުމަށް އަޅާފައިވާ ބައިނަލްއަގުވާމީ ލިކްއަކަށް ދިމާވި މައްސަލައަކުންނެވެ. އެ މައްސަލަޖެހިފައި ވަނީ އޭގެ ތެރެއިން ސިންގަޕޫރަށް އަޅާފައިވާ ލިންކަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު