މުރަކަ ފަރު ދިރާސާ ކުރުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެމިނާއެއް ބާއްވައިފި

އިއްޔެ އެމްއެންޔޫ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ ސެމިނާގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

އައިސީޔޫއެން މޯލްޑިވްސް އާއި ކެޓްލިން ސީވިއު ސާވޭ އާއި ޔުނިވާސިޓީ އޮފް ކުއިންސްލޭންޑް އަދި މެރިން ރިސާޗް ސެންޓަރާ ގުޅިގެން ކުރިއަށް ގެންދާ ރާއްޖޭގެ މުރަކަފަރުތަކުގެ ސައެންޓިފިކް ދިރާސާގެ މަސައްކަތް ކުރުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެމިނާއެއް ބާއްވައިފި އެވެ.

އިއްޔެ އެމްއެންޔޫ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ ސެމިނާގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

އިއްޔެ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވި އެ ސެމިނާގައި އިންސާނީ ހަރަކާތްތަކުގެ ސަބަބުން މުރަކަ ފަރުތަކުގެ ސިއްހަތަށް ލިބޭ ގެއްލުންތައް ދެނެ ގަންނާނެ ގޮތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

އެ ކުރާ ސާވޭގެ ސަބަބުން މުރަކަ ފަރުތަކަށް ލިބޭ ގެއްލުން ވަޒަން ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް އައިސީޔޫއެން އިން ވަނީ ބުނެފަ އެވެ.

އިއްޔެ އެމްއެންޔޫ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ ސެމިނާގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

ކުރިއަށްދާ ސާވޭގައި އެ ޓީމުން ރާއްޖޭގެ ހައެއް ނުވަތަ އަށް އަތޮޅުގެ ފަރުގެ ސަރަހައްދުތައް ސާވޭ ކުރާނެ ކަމަށް އައިޔޫސީއެން އިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އިންސާނުންގެ ނުފޫޒު ފޯރާފައި ނުވާ ހަތަރު ސަރަހައްދު ހިމެނޭ ކަމަށް އައިޔޫސީއެން އިން ބުންޏެވެ.

ހާއްސަ ކެމެރާއެއް ބޭނުންކޮށްގެން ކުރިއަށް ގެންދާ ދިރާސާ އިން މުރަކަތައް އެތުރިފައިވާގޮތް ތްރީޑީ ކޮށް ފެންނާނެ ކަމަށް އައިޔޫސީއެން އިން ވަނީ ބުނެފަ އެވެ.

އައިސީޔޫއެން އިން ދަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މުރަކަފަރުތަކުގެ ހާލަތު ދެނެގަތުމަށް ދިރާސާތަކެއް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު