އިރާގުގެ އިރުބީލްގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް އައިއެސް އިން ހަމަލާދީފި

އިރުބީލްގައި ބޮމުގެ ހަމަލާ ދިން ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ . ފޮޓޯ: އޭޕީ

އިރާރުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީން އެމީހުންގެ ވެރިރަށުގެ ގޮތުގައި ބަލަމުން އަންނަ އިރުބީލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް އިސްލާމިކް ސްޓޭޓް ( އައިއެސް) އިން ބޮމުގެ ހަމަލާއެއް ދީފި އެވެ.

ރޮއިޓާސް ބުނީ ކޮންސިއުލޭޓްގެ ބޭރުގައި އިއްޔެ ދިން ކާރު ބޮމުގެ ހަމަލާގައި ތިން މީހުން މަރުވެ، 14 މީހުން ޒަހަމްވި ކަމަށެވެ. ޒަހަމްވީމީހުންގެ ތެރޭގައި އެމެރިކާ މީހުން ވެސް ހިމެނެ އެވެ.

މަންޒަރުދުށް މީހުން ރޮއިޓާސް އަށް ކިޔައިދިން ކަމަށް އެ އެޖެންސީން ބުނީ ކޮންސިއުލޭޓްގެ ގޯތި ތެރެއަށް ވަންނަ ހުންނަ މައި ދޮރާށްޓަށް ދިން ކާރުބޮމުގެ ހަމަލާއަށް ފަހު ބަޑީގެ ހަމަލާތަކެއް ވެސް ދިން ކަމަށެވެ.

އިރާގުގެ ކުރުދީންނަކީ އައިއެސް ނައްތައިލުމަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި އެމެރިކާގެ މުހިއްމު ބައިވެރިންނެވެ. އެހެންވެ، އައިއެސްއިން ދަނީ އެމީހުންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އިރާގު ސަރުކާރާ ދެކޮޅަށް ވެސް ހަނގުރާމަ ކުރަމުން އަންނަ އައިއެސް އިން ވަނީ އެގައުމުގެ ބޮޑެތި ސަރަހައްދުތަކެއް ހިފާފަ އެވެ. ކުރުދީންގެ ވެރިރަށް އިރުބީލާ ވަރަށް ކައިރިއަށް އެމީހުން މިދިޔަ ހޫނުމޫސުމުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު